Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އުރީދޫން "ރީޗާޖް އެންޑް ވިން" ފަށައިފި

އުރީދޫ މޯލްޑިވްސް އިން "ރިޗާޖް އެންޑް ވިން"ގެ ނަމުގައި އައު ޕްރޮމޯޝަނެއް ޕްރީޕެއިޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފި އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގެ ޕެކޭޖުތަކުގެ ތެރެއިން 199، 299، 599، 899، 999، 1999، 3199، އަދި 5699 މެދުވެރިކޮށް 200ޖީބީއާ ހަމައަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޕްރީޕެއިޑް ބްރޯޑްބޭންޑް ރީޗާޖްކޮށް އުރީދޫގެ ޑޭޓާ ޕެކޭޖް އެކްޓިވޭޓްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

11006448_10152800774476939_7834781732747556202_n

އެގޮތުން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓު 4، އުރީދޫ 4ޖީ ވައިފައި ޑިވައިސް އަދި އުރީދޫ 4ޖީ ވައިފައި ޑިވައިސެއް ލިބޭނެ އެވެ.