Last Updated: March 29, 14:00
Friday, March 29, 2024
ކޮލަމް

ޚިޔާލު ފާޅުކުރުމާއި އެއްވުން: ނަޝީދުގެ ގުރުބާނީ

މީގެ އަހަރުތަކެއް ފަހަތަށްޖެހި ނަޒަރު ހިންގާލާއިރު "ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ފަދަ" އަސާސީ ޙައްޤުތަކަކީ ދިވެހިންގެތެރެއިން މަދު މީހެއްގެ ސިކުނޑީގައި ނޫނީ ހުންނާނެ ކަންތަކެއް ނޫނެވެ.

އޮބި އަޅައި ގަދަ ބާރުން ވެރިކަން ހިންގައި، ވެރިމީހާ ނުރުހޭ މިހާ ގެންގޮސް ހައްޔަރުކޮށް އަނިޔާކޮށް ތަޅާ މަރައި، ވެރިމީހާ ރުހޭ ފަރާތަކަށް ތަޢުލީމް ޙާޞިލު ކުރެވޭނެ މަގު އޮވެފައި، ވެރިމީހާ ހިތަށްއެރި މީހަކަށް ބޭސް ފަރުވާ ފަދަ ޒަރޫރީ ބޭނުން ފުއްދެން އޮންނަ ޒަމާން އެއީ މާޒީއެވެ. މިއާ ވިދިގެން ހިތުގައި އުފެދޭ ބޮޑު ސުވާލަކީ، މިކަންތައްތައް ބަދަލުވީ ކިހިނަކުންތޯ އެވެ؟

ފެންނަ ފެނުމުގައި މީގައި އުޅެނީ މައިގަނޑު އެންމެ ސަބަބެކެވެ. އެއީ ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނަށް އެ މީހުންގެ ހަމަ އިސްކޮޅަށް ތެދުވެ އެ މީހަކު ހިތްއެދޭ ކަންތައްތަކާއި ހިތްނޭދޭ ކަންތަކުގެ ވާހަކަ ހާމާކަން ބޮޑު ތަންތާނގައި ދައްކަން ފެށުނު ހިސާބެވެ. ރައްޓެހިންނާއި އަވަށްޓެރިން ގުޅިގެން މަގުތަކަށާއި ޢާއްމު ތަންތަނަށް އެއްވެ، އެމީހުންގެ ޝުޢޫރުތައް ފާޅުކުރަން ފެށުމެވެ.

އާ ގާނޫނު އަސާސީއެއްގެ ދަށުން އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެކު ގިނަ ސިޔާސީ ޕާރޓީތައް އެކުލެވޭ ނިޒާމެއް ތަޢާރަފްވެގެން ދިއުމެވެ. މިއާއި ވިދިގެން ދެން އުފެދޭ ސުވާލަކީ، މީއީ ކާކުރި (ބަދަލުކުރި) ކަންތައްތަކެއް ހެއްޔެވެ؟ މިކަމުގެ މުގުލުގައި އުޅުއްވީ ކާކުތޯ އެވެ؟

އޭރުވެސް މިހާރުވެސް މިހުރިހާ ޙަރަކާތަކާއި ތަސްވީރުތަކުގެ އެންމެ ކުރީގައި އުޅުއްވަނީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޞިލް މުޙައްމަދު ނަޝީދެވެ. އެބޭފުޅާ ވަނީ އެބޭފުޅާގެ މުޅި އުމުރު މިކަމުގައި ހޭދަ ކުރައްވާފައެވެ.

ގިނަ އަނިޔާ އާއި ތަކްލީފްތައް ތަޙައްމަލު ކުރައްވާފައެވެ. އެތަކެއް ފަހަރު މަގުމަތީންނާއި، ޖަލުތަކުގައި ހުންނަވާ އަނިޔާގެ ޝިކާރައަކަށް ވެވަޑައިގެންފައެވެ.

ނަޝީދު ވެވަޑައިގެންފައި ވަނީ ކެނޑިނޭޅި މަގުމައްޗަށް ނިކުމެވަޑައިގެން، ޚިޔާލުފާޅުކުރުމަށާއި މަގުމައްޗަށް ނިކުތުމަށް ހިތްވަރު ދެއްވާފަ އެވެ.

އަދި އަނިޔާ ތަޙައްމަލުކޮށްގެން ނުތިއްބެވުމަށާއި، މުޒާހަރާކުރުން އެއީ އަސާސީ ޙައްގެއް ކަމަށާއި، އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަގޮތްކަން ހާމަ ކޮށްދެއްވާފަ އެވެ.

މީގައި ހަމަ އެކަނި އިސްތިސްނާ ވަނީ ބަރުމާއާއި، އަރަބި އަދި އެފްރިކާ ބައްރުގެ ބައެއް ޚުދުމުޚްތާރު ގައުމުތައްކަން ބުނެދެއްވާފަ އެވެ.

hik (2)

ނަހަމަ އަދި ނާޖާއިރު ފައިދާ ނަގައިގެންނާއި ޖަރީމާ ހިންގައިގެން ދަމަހައްޓާ ސަރުކާރުތަކަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި މަޤްބޫލުނޫން، އިންސާނިއްޔަތާއި ޚިލާފުކަމެއްގެ އިތުރުން އަޅުގަނޑުމެންގެ އިސްލާމްދީނުގައި ވެސް އެކަން އޮންނަގޮތް ނޫންކަން ހާމަކޮށްދެއްވަން ގިނަގުނަ މަސައްކަތް ކުރައްވާފައެވެ.

ނަޝީދަށް ވެރިކަމަށް އާދެވުނީ މުޅި ދުނިޔޭގެ ވެސް ތާޢީދާ އެކު "ޑިމޮކްރެސީ ޗެމްޕިއަން" އެއްގެ ގޮތުގަ އެވެ. އެބޭފުޅާގެ ވެރިކަން ވަނީ ގަދަކަމުން ޖަހައިގަނެވިފަ އެވެ.

އެ މަނިކުފާނު ވަކާލާތުކޮށް ދެއްވި ކަންތަކަށް މިސާލު ދައްކަވަމުން، އިންސާފެއް ނެތް ގޮތުގައި ވަނީ އެކަހެރި އެކަހެރި ކުރެވިފައެވެ.

ހަނދާން ކުރަން ޖެހޭ ހަގީގަތަކީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ޑިމޮކްރެސީއަށް ވާގިވެރި ވާނެ، އަދި އަނިޔާވެރިކަމާއި ބޭއިންސާފަށް ނަފްރަތު ކުރާނެ މީހުން ގިނަވާނެ ކަމެވެ. މިއީ، އަކީ ސިޔާސީ ވާހަކައެއް ނޫނެވެ.
މިއީ، ދިވެހިރާއްޖެ ޑޮމޮކްރެސީއަށްޓަކައި ކުރި ދަތުރުގެ ބައެކެވެ.