Last Updated: April 20, 19:35
Saturday, April 20, 2024
ކުޅިވަރު

ދެ އަވަށެއްގައި ބަށި ކޯޓް އަޅާނެ ބަޔަކު ހޯދަނީ

އައްޑޫގެ ދެ އަވަަށެއްގައި ބަށި ކޯޓް އަޅައި ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

މި ފަހަރު ބަށި ކޯޓް އަޅަން ނިންމާފައި ވަނީ މަރަދޫފޭދު އާއި ހިތަދޫ މެދު ދާއިރާގަ އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަރަދޫފޭދޫ ބަށި ކޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަދި ހިތަދޫ މެދު ދާއިރާގައި ބަށި ކޯޓް އަޅައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އަންހެނުންނަށް ހާއްސަ ކުޅިވަރެއް ކަމަށްވާ ބަށި، ކުޅޭނެ ކޯޓްތައް އަޅައިގެން ބައެއް އަވަށްތަކުގައި މިހާރު ވެސް ބަށި ކުޅެމުން ގެންދެ އެވެ.