Last Updated: March 28, 13:49
Thursday, March 28, 2024
ސިޔާސީ

ޕެންޑްރައިވްގައި ހުރި ލިޔުންތަކެއް ލީކެއް ނުކުރޭ

ޝަރީއަތުގެ އަޑުއެހުމަކަށް، ނާޒިމްގެ ޤާނޫނީ ވަކީލުން ޖަސްޓިސް ބިލްޑިން އަށް ވަދެވަޑައިގަންނަވަނީ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ޕެންޑްރައިވް ގައި ހުރި ލިޔުންތައް ލީކް ވެފައި ވަނީ ނާޒިމްގެ ޤާނޫނީ ވަކީލުން ލިޔުންތަކުން ފޮޓޯ ނަންގަވައިގެން ކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ޙަބަރު ފަތުރަމުން ގެންދާތީ އެ ވާހަކަތައް ކުށްވެރިކޮށް ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ނޫސް ބަޔާނެއް ނެރެފިއެވެ.

"ޕެންޑްރައިވްގައި ހުރި ކަމަށް ބުނާ ލިޔުންތަކެއް ލީކުވެއްޖެ" މި ސުރުޚީގެ ދަށުން މާޗް 24، 2015 ގައި "ވަގުތު" ގައި އާދަމް ނަވާޒް ލިޔެފައިވާ ޚަބަރުގައި ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފް މައުލޫމާތު އެކުލެވިގެންވެ އެވެ.

އެގޮތުން ޤާނޫނާ ޚިލާފް ޢަމަލްތަކެއް އަޅުގަނޑުމެން ހިންގާފައިވާ ކަމަށް ބުނެ ލިޔެފައިވާ ވާހަކަ އަކީ ޝަރީޢަތުގެ މަޖިލީސް ތަކަށް ހާޒިރު ނުވާ ފަރާތްތަކަށް ޝަރީޢަތުގެ މަޖިލިސްތަކުގައި ކަންހިނގާ ގޮތް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް އަސާސެއް ނެތި އަމިއްލައަށް އުފައްދާފައިވާ ދޮގު ވާހަކައެއް ކަމުގައި ދަންނަވަމެވެ.

jhjh

ޝަރީޢަތުގެ އެއްވެސް މަޖިލީހެއްގައި ކާނަލް މުޙައްމަދް ނާޒިމްގެ ގާނޫނީ ވަކީލުންނަށް ލިބިފައިވާ އެއްވެސް ލިޔުމެއް ފޮޓޯ ނަގާފައި ނުވާނެ ވާހަކަ ދަންނަވަމެވެ" ނާޒިމްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ޓްވިޓަރގައި އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ވެއެވެ.

ނޫސް ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ޤާނޫނީ ވަކީލުން ވަނުމުގެ ހުއްދަ ކޯޓް އޮފިސަރު ދެއްވަނީ ކޮންމެ ވަކީލަކު ވެސް ވަކިން "ހޭންޑް ހެލްޑް މެޓަލް ޑިޓެކްޓައެއްގެ" ޒަރިއްޔާއިން ޗެކް ކުރުމަށް ފަހުގަ އެވެ.

މީގެ އިތުރުން ޕެންޑްރައިވް އާއި ބެހޭ ލިޔުންތައް ވަކީލުންނާއި ހިއްސާކޮށްފައި ވަނީ ހަމައެކަނި ބެލުމަށްޓަކައި ކަމަށާއި އެބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި ތިއްބަވަނީ ދައުލަތުގެ ވަކީލުންނާއި ކޯޓް އޮފިސަރުންގެ އިތުރުން ޝަރީއަތް ކުރައްވާ ފަނޑިޔާރުންނަށް ފުރިހަމައަށް ފެންނަ ގޮތަށް ކަމުން ޝަރީއަތުގެ މަޖިލީހުގައި ލިޔުންތަކެއްގެ ފޮޓޯ ނެގުމަކީ ހަމަ ބުއްދި ގަބޫލު ކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.