Last Updated: April 25, 10:47
Thursday, April 25, 2024
ސިއްހަތު

މެލަން: ކޮބާ ފައިދާއަކީ؟

މެލަންއަކީ ރާއްޖޭގައި ވެސް އާންމުކޮށް ހައްދާ މޭވާގެ ބާވަތެކެވެ. މި މޭވާއަކީ ކަރާގެ އާއިލާ އަށް ނިސްބަތްވާ ހަށިގަނޑަށް ވަރަށް ފައިދާ ހުރި މޭވާއެކެވެ.

ހާއްސަކޮށް އެކިއެކި ބަލިތަކުން ސަލާމަތްވުމަށް މެލަންއަކީ ވަރަށް ރަނގަޅު މޭވާއެކެވެ.

މި މޭވާއިން ލިބޭ ފައިދާތަކަށް ބަލާ އިރު މިއީ ނޭވާ ހިއްލުމަށް ވެސް އޮތް ފަރުވާއެކެވެ. އެހެންވެ ނޭވާ ހިއްލާ މީހުން މެލަން ކެއުމަކީ އޭގެ ސަބަބުން ނުހަނު ގިނަ ފައިދާތަކެއް ލިއްބައި ދޭނެ ކަމެކެވެ.

މެލަންގައި ވަރަށް މަތީ އަދަދަަކަށް ވިޓަމިން ސީ ހުންނާތީ މިއީ، ނޭވާ ހިއްލުމުގެ އުނދަގުލުން ރައްކާތެރިކޮށް ދޭ މޭވާއެކެވެ.

ހަމަ މިއާ އެކު ހަޖަމުގެ ކުރުމުގައި ދިމާވާ މައްސަަލަތަކަށް ވެސް މެލަންއަކީ އެހީތެރިއެކެވެ.

މެލަންގައި ގިނަ އަދަދަކަށް ފައިބަރު ހުރުމާ އެކު މިއީ ވަރަށް ތެތް މޭވާއެއް ވެސްމެ އެވެ. އެހެންވެ މެލަން ކެއުމުން ހަޖަމު ކުރަން ފަސޭހަވެ އެވެ.

މީގެ އިތުރުން މި މޭވާއަކީ ލޭ މައްޗަށް ދިއުން ކޮންޓްރޯލްކޮށްދޭ ފަރުވާއެއް ވެސް މެ އެވެ. އެހެންވެ ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވަން އެންމެ ރަނގަޅު އެއް ފަރުވާއަކަށް މެލަން ބޭނުން ކުރުން ހިމެނެ އެވެ.

Cantaloupe-melon-001

ހަށިގަނޑުން ފެން ދަށްވުމަކީ އާންމުކޮށް ހޫނު މޫސުމުގައި އެންމެންނަށް ވެސް ކުރިމަތިވާ މައްސަލައެކެވެ. އެހެންވެ ހޫނު ދުވަސްދުވަހު މެލަން ބޭނުން ކުރާށެވެ.

މިއީ ތެތްކަން ބޮޑު މޭވާއެއްކަމުން ކޮށާލައިގެން ކާލުމުން ވެސް ގިނަ އަދަދެއްގެ ދިޔާ ހަށިގަނޑަށް ލިއްބައި ދޭނެ އެވެ.

ރީތި ހަންގަނޑެއްގެ އިތުރުން ޗާލު އިސްތަށިގަނޑެއް ބޭނުން ނަމަ، އެކަމަށް ވެސް މެލަންއަކީ ޖާދުލެކެވެ.

މެލަންއަކީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވާ މޭވާއަކަށްވާތީ، އެ މޭވާ ގިނައިން ބޭނުން ކުރުމުން ހަންގަނޑު އޮޮމާންވެ، ސާފުކޮށްދީ އުޖާލާކަން އިތުރުކޮށްދެ އެވެ.

Juan Canary Melon

ކެންސަރަކީ އެންމެން ވެސް ބިރު ގަންނަ ބައްޔެކެވެ. އެ ބަލީގެ ޝިފާ އާ ވެސް މެލަން ވަނީ ގުޅިލާމެހިފަ އެވެ. މެލަންއަކީ ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާއެއް ކަމަށްވާ ކެރޮޓެނޮއިޑް އެކުލެވިގެންވާ މޭވާއެކެވެ.

އެހެންވެ މެލަން ކެއުމުން ކެންސަރަށް މަގުފަހިކޮށްދޭ ހަމަލާތަކުން މެލަން ދިފާއުކޮށްދެ އެވެ.