Last Updated: April 18, 19:44
Thursday, April 18, 2024
ޚަބަރު

ޑރ. ޑީޑީގެ ބަންދަށް 10 ދުވަސް ޖަހައިފި

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ކުރިން ބޭއްވި މުޒާހަރާގެއްހައި ބައިވެރިވުމުން ހައްޔަރުކޮށް، އެއްވުންތަކަށް ނުދިއުމަށް ޝަރުތުކޮށް ޑރ. ޑީޑީ މި މަހުގެ 10 ދޫކޮށްލައިފައި ވަނިކޮށް އަލުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ އެވެ.

ދަތުގެ ޑޮކްޓަރުގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކުރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ޑރ. ޑީޑީގެ ބަންދަށް 15 ދުވަސް ޖަހައި ދީފަ އެވެ.

އޭނާ ވިދާޅުވީ އެއްވުންތަކަށް ނުދިޔުމަށް ކޯޓުން ޝަރުތު ނުކުރެވޭނެ ކަމަށާއި މުޒާހަރާ އިން އޭނާ ހައްޔަރު ކުރުމުން ފުލުހުންގެ މައްޗަށް ދައުވާ ވެސް ކުރާނެ ކަމަށެވެ.

ޑރ. ޑީޑީ އެންމެ ފުރަތަމަ ހައްޔަރު ކުރީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މާލޭގައި އެމްޑީޕީ އާއި ޖޭޕީން ބޭއްވި އެއްވުމުގެ ތެރެއިންނެވެ.