Last Updated: April 19, 21:23
Friday, April 19, 2024
ވިޔަފާރި

999 އަށް ގުޅައިގެން މިހާރު ބިލް ދެއްކޭނެ

އުރީދޫ ޕޯސްޓް ޕެއިޑް ކަސްޓަމަރުން 999 އަށް ގުޅައިގެން ފޯނު ބިލް ދެއްކޭ ހިދުމަތެއް "ކޯލް ޓް ޕޭ" ގެ ނަމުގައި އުރީދޫން ތައާރަފްކޮށްފި އެވެ.

އުރީދޫން މިއަދު ބުނީ 999 އަށް ގުޅުމަށް ފަހު އަންނަ ވޮއިސް އިރުޝާދާ އެއްގޮތަށް އަމަލު ކުރުމުން ބިލް ދެއްކޭނެ ކަމަށެވެ.

އަދި މި ހިދުމަތުގެ ސަބަބުން ކޮންމެތާކު ހުރެގެން ވެސް ކަސްޓަމަރުންނަށް ބިލް ދައްކައި ލެވޭނެ ކަމަށް ރާއްޖޭގައި މުވާސާލަތީ ހިދުމަތް 2005 ގައި ދޭން ފެށި ކުންފުނިން ބުންޏެވެ.

އެހެން ނަމަވެސް ހިދުމަތް ލިބޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށެވެ.

އުރީދޫން ބުނީ ބިލް ނުދައްކައިގެން ފޯން ކަނޑާލުމުން 'ކޯލް ޓް ޕޭ" ގެ ހިދުމަތެއް ބޭނުން ނުކުރެވޭނެ އެވެ.

11056572_10152816100051939_8865344210678410414_n

މީގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ޕްރިޕެއިޑް ނަމްބަރުތަކަށް ކްރެޑިޓް ވެސް ރީޗާޖް ކުރެވޭނެ އެވެ.

މީގެ އިތުރުން އުރީދޫގެ ބިލް ދެއްކޭ ގޮތްތަކުގެ ތެރޭގައި ރާސްޓަސް ބިލްޕޭ، އުރީދޫ ވެބްސައިޓް މެދުވެރިކޮށް އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބިލް ދެއްކުން ހިމެނެ އެވެ.