Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

ކިއުކަމްބާ އިން ކުރެވިދާނެ އަށް ކަމެއް

ކިއުކަމްބާއަކީ އެންމެންނަށް ވެސ ްވަރަށް މަގުބޫލް މާވާއެކެވެ. ހާއްސަކޮސް ސެލަޑެއް ހަދާ ނަމަ ކިއުކަމްބާގެ ރޯލް ވަރަށް މުހިއްމު ވާނެ އެވެ.

މީގެ އިތުރަށް ރީތިވުމަށް ވެސް ކިއުކަމްބާ ބޭނުން ކުރެވެ އެވެ. މި އާޓިކަލްގައި ކިއުކަމްބާ ބޭނުން ކުރެވިދާނެ އަށް ގޮތެއް ކިޔައި ދޭނަމެވެ.

* ލޮލުގެ ފަރުވާ އަށް ކިއުކަމްބާ:

eyes_1

ކިއުކަމްބާއަކީ ލޮލަށް ފަރުވާއެކެވެ. ހާއްސަކޮށް ލޮލުގެ ވަށައިގެން ކަޅުވުމާއި، ލޯ ރަތްވުމާއި ލޮލަށް ވަރުބަލިކަން އިހުސާސް ކުރެވޭނެ ނަމަ، ތުނިކޮށް ކިއުކަމްބާ ފޮއްޗެއް ކަފާލައިގެން ލޯމަތީގައި ބާއްވައިގެން އޮންނާށެވެ. އިސާހިތަކު އޭގެ އަސަރު އިހުސާސް ކުރެވެން ފަށާނެ އެވެ.

* ކިއުކަމްބާ މާސްކް:

facial

ކިއުކަމްބާ އިން ތައްޔާރު ކުރެވޭ މާސްކަކީ މޫނަށް ދެވޭނެ ވަރަށް ރަނގަޅު ފަރުވާއަކަށް ވާނެ އެވެ. ބާޒާރުގައި ވިއްކަން ހުންނަ ވަރަށް ގިނަ ފޭޝަލް ވޮޝްއަކީ ވެސް ކިއުކަމްބާ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެއްޗިއްސެވެ.

އެކަމަކު ސީދާ ތާޒާ ކިއުކަމްބާ އިން ތައްޔާރު ކުރެވޭ މާސްކަކީ މޫނަށް ވަރަށް ވަރަށް ރަނގަޅު ފަރުވާއެވެކެވެ. މާސްކް ތައްޔާރު ކުރަން ކިއުކަމްބާގެ ތެރެއަށް ލުނބޯ ހުތާއި މިންޓްފަތް އަދި ބިހެއް އަޅައިގެން ރަނގަޅަށް ބްލެންޑް ކުރުމަށް، އެ މޫނުގައި އުނގުޅާށެވެ.

* ކިއުކަމްބާ އަސާރަ:

pickle

ކިއުކަމްބާ އިން އަސާރު ވެސް ތައްޔާރުކޮށް ލެވިދާނެ އެވެ. ކުދިކޮށް ހުންނަ ކިއުކަމްބާ ނުވަތަ ކިއުކަމްބާ ފޮތިކޮށްފައި ފުޅިއެއްގެ ތެރެއަށް އަޅާފައި ފިޔަ އާއި ލޮނުމެދު އަޅާފައި މަހެއްހާ ދުވަސްވަންދެން ރަނގަޅަށް މަތި ޖަހާފައި ބަހައްޓާށެވެ. އޭރުން ރަހަ މީރު އަސާރައެއް ހުންނާނީ ތައްޔާރު ކުރެވިފަ އެވެ.

ކިއުކަމްބާ ސޯސް އަދި ސަލްސާ ޑިޕް:

sauce

ކިއުކަމްބާ ކޮށާފައި އޭގެ ތެރެއަށް ޕްލޭން ޔޯގަޓް، އަދި ބޭނުން ނަމަ، ފިޔަ އާއި ޓޮމާޓޯ ފަދަ ބާވަތްތައް އަޅައިގެން ރަނގަޅަށް ބްލެންޑް ކުރާށެވެ. މި ހުންނަން ވާނީ އޮލަކޮށެވެ. އޭރުން ބައެއް ކަހަލަ ކުޅި ހެދިކާ ނުވަތަ ސޭންޑްވިޗް ކަހަލަ އެއްޗިއްސާ ޖަހާލައިގެން ކާން ވަރަށް މީރު ވާނެ އެވެ.

* ކިއުކަމްބާ ސުޕް:

soup

ތަޖުރިބާކޮށްލުމުގެ ގޮތުން ވެސް ކިއުކަމްބާ ސުޕެއް ހަދާލުން ކިހިނެއް ވާނެ ބާވަ އެވެ. މިއީ މާ ބޮޑު މަސައްކަތަކާ ނުލައި ތައްޔާރުކޮށް ލެވޭނެ އަނގަޔަށް މީރު ސްޕަކަށް ވާނެ އެވެ.

ސުޕް ހަދާލަން ކިއުކަމްބާ ރަނގަޅަށް މަށައިލާށެވެ. ދެން ޔޯގަޓާއި ސަވާ ކްރީމް އަދި އަސޭމިރުހާއި ލޮނު އަދި ލޮނުމެދު އަޅައިގެން ދެ ގަޑިއެއްހާ އިރު ވަންދަން ކައްކާށެވެ.

* ކިއުކަމްބާ ސޭންޑްވިޗް:

sanwich

ޕާން ފޮއްޗެއްްގައި ރަނގަޅަށް ބަޓަރު ހާކާލުމަށް ފަހު، މަތީގައި ކިއުކަމްބާ ފޮތި އަތުރައިލާށެވެ. އެ އޮތީ ކިއުކަމްބާ ސޭންޑްވިޗެއް ތައްޔާރުކޮށްލެވިފަ އެވެ.

* ކިއުކަމްބާ ކޮކްޓެއިލް:

cocktail

މިއީ ލައިޓް އަދި އަނގަޔަށް އެހާމެ މީރު ވާނެ ބުއިމެކެވެ. ކިއުކަމްބާ ގާނާފާއި އޭގެ ތެރެއަށް ފެނާއި ހަކުރުކޮޅެއް އަޅާފައި ވަރަށް ގަދައަށް ހަލުވާށެވެ. މިކަން ކުރަން ވާނީ މަތި ޖެހި އެއްޗެއްގަ އެވެ. ދެން ގަޑިއެއްހާ އިރު ވަންދެން ފްރިޖްހައި ބަހައްްޓާށެވެ އެހެރީ ކިއުކަމްމާ ކޮކްޓެއިލް ތައްޔާރު ކުރެވިފަ އެވެ.

* ކިއުކަމްބާ ފެން:

water_0

މިއީ ބަރުދަން ވެސް ލުއިކޮށް ދޭނެ އެހީތެރިއެކެވެ. މި ތައްޔާރު ކުރާނީ ވަރަަށް ތުނިތުނިކޮށް ކިއުކަމްބާ ފޮތިކޮށްފައި ފެން ތައްޓެއްގެ ތެރެއަށް މިންޓްފަތްކޮޅަކާ އެކު ލާފައި އައިސް އަލަމާރީގައި ބަހައްޓައިގެންނެވެ.