Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

"ފެނެއް، ކަރަންޓެއް ނެތް، ޔާމީން އިސްތިއުފާ"

މިއަދު ހެނދުނުން ފެށިގެން ހުޅުމީދޫގައި ކަރަންޓެއް ނެތް ކަމަށާއި ވާރޭ ފެނާއި މިނެރަލް ވޯޓާ ވެސް ގިނަ ފިހާރަތަކުން ހުސްވެފައިވާ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮަޒައިނާ އާދަމް (ރޮޒޭ) ގޮވާލައްވައި އެވެ.

"މިއަދު ހުޅުމީދޫގައި ކަރަންޓެއް ނެތް ހެނދުނުއްސުރެ. ވާރޭ ފެން ހުސްވެފަ. ގިނަ ފިހާރަތަކުން މިނެރަލް ވޯޓާ ވެސް ހުސްވެފަ. ޑިކްޓޭޓަރު ޔާމީން އަބްދުލް ގައްޔޫމް އިސްތިއުފާ،" ރޮޒޭ މިއަދު ކުރެއްވި ޓްވީގައި ވިދާޅުވި އެވެ.

ghjgkhk

ހުޅުމީދޫ އިންޖީނުގޭގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އަށް ބުނީ ކަރަންޓް ކަޑައިގެން ދިޔައީ ކުއްލިއަކަށް ކަމަށާއި، އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ މެންދުރު 12:00 ގަ އެވެ.

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ހުޅުމީދޫގެ ރައްޔިތުންނަށް ކަރަންޓްގެ ހިދްމަތް ލިބޭނެ އިރެއް އަދި ނޭނގޭ ކަމަށް އިންޖީނުގެ އިން ބުނެފަިއވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދޭން ހުރި ތިން ޖަނަރޭޓަރު ވެސް މިހާރު ވަނީ ނިއްވާލައިފަ އެވެ.

އައްޑޫގައި މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫ ރައްޔިތުން ކަރަންޓް ނުލިބި ތިބި އިރު ރަށުގެ ގިނަ ރައްޔިތުން ދަނީ ބޯފެން ނުލިބުމުގެ ދަތިކަން ވެސް އިހްސާސް ކުރަމުންނެވެ.

ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވީ، ބޯފެން ހުސް ވުމާއި ގުޅިގެން ކައިރީގައި އޮންނަ ހަރެތެރޭގެ އެހީއަށް އެދިފައިވާ ކަމަށެވެ. އަދި ހުޅުދޫގެ ބައެއް ޕަބްލިކް ތަނގީތަކަށް ހެރެތެރެއިން ފެން ފޯރުކޮށް ދީފައިވާ ކަމަށް އައްދު ވިދާޅުވި އެވެ.

ނަމަވެސް ހެރެތެރޭގެ ފެން ޕްލާންޓަށް މައްސަލަ ތަކެއް ދިމާވުމާއި ގުޅިގެން މީދުއަށް ފެން އަދި ފޯރުކޮށް ނުދެވޭ ކަމަށް ވިދާޅުވި އެވެ.