Last Updated: April 24, 10:06
Wednesday, April 24, 2024
ސިޔާސީ

"ދިފާއުވުމުގެ ހައްގު ވަނީ ނިގުޅައިގެންފައި"

ޤާނޫނު އަސާސީން ކަށަވަރުކޮށް ދީފައިވާ އަމިއްލަ ދިފާއުގައި ބަސްބުނުމުގެ ހައްގު މި ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފުލުހުން ހައްޔަރު ކުރާ މީހުންގެ މައްޗަށް ދައުވާ ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަމުންދާ ކަމަށެވެ.

އަދި އެއްވެސް ބެލުމެއް، އުސޫލެއް ނެތި، ބޭނުންވާ ގޮތަކަށް، ބޭނުންވާ މީހެއްގެ މައްސަލަ ކޯޓުތަކަށް ފޮނުވަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހަމަ ފާހަގަކޮށްލަން ޖެހޭ، ރައީސް ޔާމީން ހަމަ ކޮންމެ މީހަކު އެއްޗެކޭ ބުނާ އިރަށް މަޖިލީހުގެ ކޮމިޓީއަކަށް މައްސަލަ ލައި، މިނިވަން މުއައްސަސާއަކަށް މައްސަލަ ހުށަހަޅާ، މިހެން ބުނާ އިރު މިއަދު މި ޤައުމުގަ އެބަ އޮތްތޯ ރައްޔިތުން ގޮސް މައްސަލަ ހުށަހަޅާނެ ރައްޔިތުންގެ މަޖިލީހެއް،" ރޮޒޭ ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެއްވެސް ކަމެއް ނުބެލޭނެކަން ފުރަތަމަ ދުވަހުން ފެށިގެން މިވަނީ ޔަޤީންވެގެން ގޮސްފައި."

އޭނާ އަދި ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނަކީ ސަރުކާރާ ދެކޮޅަށް އެއްވެސް ބަހެއް ބުނުމުގެ ފުރުޞަތު ދޭން ތިބި ބައެއް ނޫންކަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަޤީންވެފައިވާ ކަމަށެވެ.