Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މިރޭ 8:00 އިން 10:00 ދުއްވުން މަނާ

ާ"އާތު އަވާ" ފާހަގަ ކުރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މާދަމާ ރޭ 8:00 އިން 10:00 އަށް އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށް، ފައިމަގުގައި އުޅެން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ވެސް އާތު އަވާ ފާހަގަ ކުރުމަށް ދެ ގަޑި އިރަށް އިންޖީނުލީ އުޅަނދު އެއްގަމުގައި ދުއްވުން މަނާ ވާނެ ކަމަށެވެ. އަދި އެއީ އެންވަޔަރަމަންޓް މިނިސްޓްރީން އެދިގެން ކަމަށް ނިންމި ނިންމުމެއް ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

"އާތު އަވާ" ފާހަގަ ކުރާ ވަގުތަކުގައި ހުއްދަ ދީފައި ވާނީ ވަކި އުނޅަދުތަކެއް ދުއްވުމަށެެވެ.

އެއީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި އެމްބިއުލާންސް އާއި ފުރާ މީހުން ބޭނުން ކުރަން ހުއްދަ ދޭ ޓެކްސީ އާއި ޕިކަޕާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ދުއްވާ ސައިކަލެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން މަނާ ކަމަށް ކަނޑައަޅާ ވަގުތުތަކުގައި ދުއްވައިފި ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން، އާތު އަވާގެ ނަމުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު އެ ގައުމެއްގެ ގަޑިން 8:30 ން 9:30 އަށް އެއް ގަޑިއިރު ފާހަގަ ކުރެ އެވެ.

އޮސްޓްރޭލިޔާގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ވޯލްޑް ވައިޑް ފަންޑް އިން އިސްނަގައިގެން ފާހަގަކުރަން ފެށި އާތު އަވާ އެންމެ ފުރަތަމަ ފާހަގަކުރީ 2007 ވަނަ އަހަރު އޮސްޓްރޭލިޔާގަ އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުރަތަމަ އާތުއަވާ ފާހަގަކުރީ 2008 ވަނަ އަހަރު އެވެ.