Last Updated: April 19, 21:23
Friday, April 19, 2024
މުނިފޫހިފިލުވުން

ކެޓްރީނާގެ ވެކްސް ސްޓެޗޫ ދައްކާލައިފި

ކެޓްރީނާ (ކަޅު ހެދުމުގައި) އޭނާގެ ވެކްސް ސްޓެޗޫ ކައިރީ ޕޯސް ކުރަނީ.

ލަންޑަނުގެ މެޑަމް ޓްސޯޑްސްގައި ބެެހެއްޓި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފްގެ ވެކްސް ސްޓެޗޫ މިއަދު ދައްކާލައިފި އެވެ.

ކެޓްރީނާގެ އުފަން ސިޓީގައި ހުންނަ މެޑަމް ޓްސޯޑްސްގައި ބޭއްވި ޕްރައިވެޓް ހަފުލާއެއްގައި އޭނާ ވެސް ބައިވެރި އެވެ. އަދި ހުދާއި ފިޔާތޮށި ކުލަ އެކުލެވޭ ހެދުމެއްގައި ހުރި ވެކްސް ސްޓެޗޫ ދައްކާލުމަށް ފަހު، ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުނީ އޭނާ އާއި ސްޓެޗޫ އާ ހަމަ އެއްްވެސް ތަފާތެއް ނެތް ކަމަށެވެ.

ސްޓެޗޫ ދައްކާލަން ބޭއްވި ހަފުލާގައި މުނިފޫހިފިލުވުމުގެ ބައެއް އައިޓަމްތައް ހުށަހެޅުން ވެސް އޮތެވެ.

އެކަމަކު މި ހަފުލާގައި ބައިވެރިވި ފަރާތްތަކުގެ ނަންތައް ރަސްމީ އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

CBIFc45WQAEkoQi

ބޮލީވުޑްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ހަފުލާފައި ލަންޑަނުގައި އުޅޭ ކެޓްރީނާގެ އާއިލާގެ އިތުރަށް، އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ ބައްޕަ ރިޝީ ކަޕޫރާއި މަންމަ ނީޓޫ ބައިވެރިވި އެވެ.

CBINGasW4AAnAm3

ކެޓްރީނާ އަށް މި ފަހަރު މެޑަމް ޓްސޯޑްސް އިން ފުރުސަތު ތަނަވަސްވެގެން ދިޔައީ އެތަނުން، މަޝްހޫރު އިތުރު ދެ ބަތަލާއިންނާ އެކު، ފޭނުންގެ ވޯޓަކަށް ހުޅުވާލުމުން އެންމެ ގިނަ ވޯޓް ލިބިގެންނެވެ.

CBIBi8PUgAA11KL_0

އޭގެ ތެރޭގައި ދެން ހިމެނެނީ ކުރީގެ ރީތިގެ ރާނީ ޕްރިޔަންކާ ޗޯޕްޅާ އާއި ދީޕިކާ ޕަދްކޯނެވެ.

ކެޓްރީނާއަކީ މެޑަމް ޓްސޯޑްސް އިން ސްޓެޗޫ ތައްޔާރު ކުރި ބޮލީވުޑްގެ އަށް ވަނަ ތަރި އެވެ.

މީގެ ތެރޭގައި ދެން ހިމެނެނީ އަމިތާބް ބައްޗަން، އައިޝްވާރިއާ ރާއީ ބައްޗަން، ޝާހްރުކް ހާން، ސަލްމާން ހާން، ރިތިކް ރޯޝަން، ކަރީނާ ކަޕޫރު އަދި މަދޫރީ ޑިކްޝިޓް ނޭނޭ އެވެ.