Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޓީމްގައި ހިމެނޭނީ ބޭރު ތިން ކުުޅުންތެރިން: ގޯދިއްޔާ

މަރަދޫ ގޯދިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ގަވައިދެއް މި ފަހަރު އިސްލާހެއް ގެނެސްފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

ގޯދިއްޔާ އިން ބުނީ މި އަހަރު އައްޑޫން މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ހިމެނޭނީ ރަށުން ބޭރު ތިން ކުޅުންތެރިން ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ އައްޑޫ ނޫން ސަރަހައްދުތަކުގެ ޓީމްތަކަށް ވެސް އެ ޓީމްތަކުގައި ހިމެނޭނީ އެ ސަރަހައްދު ނޫން ސަރަހައްދެއްގެ ތިން ކުޅުންތެރިން ކަމަށް ގޯދިއްޔާ އިން ބުންޏެވެ.

އެހެންވެ މިކަން ޓީމްތަކުގެ ސަމާލު ކަމަށް ގޯދިއްޔާ އިން ވަނީ ގެނެސްފަ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ރޭގަނޑު މަރަދޫ ދަނޑުގައި މެޗްތައް ކުޅޭ މި މުބާރާތުގައި އާންމުކޮށް ބައިވެރި ކުރަނީ 20 ޓީމެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ވަނީ ޓީމްތަަކަށް ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ds

މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 60،000ރ. ހުށަހަޅައިފަ އެވެ.

މުބާރާތް އޮންނާނީ ޖޫން މަހުގެ 24 އިން ޖުލައި މަހުގެ 16 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތާ ބެހޭ މައުލޫމާތު 7905592 އަދި 9995840 އަށް ގުޅައިގެން ހޯދޭނެ އެވެ.