Last Updated: April 25, 22:42
Thursday, April 25, 2024
މީހުން

ޖިހާދަށް ދިޔަ ހިތަދޫ މީހަކު ޝަހީދުވެއްޖެ!

ސީރިޔާ އަށް ޖިހާދަށް ގޮސް ހުރި ހިތަދޫ ޕްލާޒާ، އަބްދުﷲ މުޙައްމަދް ދީދީ ޝަހީދުވެއްޖެ ކަމަށް ސީރިޔާގައި ހަނގުރާމަ ކުރަމުންދާ އެހެން ދިވެއްސަކު މައުލޫމާތު ދީފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ދިން އަބްދުﷲ މުޙައްމަދު ދީދީގެ އާއިލާގެ ބޭފުޅަކު ބުނިގޮތުގައި އޭނާ ޝަހީދުވެއްޖެ ކަމަށް ބުނެ އާއިލާ އަށް މައުލޫމާތު ދީފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

އަބްދުﷲ މުޙައްމަދު ދީދީ ސީރިޔާއަށް ޖިހާދަށް ދިޔައިރު އޭނާގެ ތިން ކުދިން އެބަ ތިއްބެވެ. އެ ކުދިން މިހާރު ދިރިއުޅެމުން ދަނީ ހުޅުދޫގައި އެ ކުދިންގެ މަންމަ ފަރާތު އާއިލާ މީހެއްގެ ކައިރީގަ އެވެ.

ވަރަށް އިތުބާރު ހުރި ގޮތަކަށް '"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ސޫރިޔާގެ އިދުލީބުގައި ދިވެއްސަކު މަރުވެފައި ވަނީ އެ ގައުމުގެ ސަރުކާރު ސިފައިންގެ ޗެކްޕޮއިންޓަކަށް އަމާޒުކޮށް އޭނާ ދިން ބޮމުގެ ހަމަލާއެއްގަ އެވެ.

އަބްދުﷲ މުޙައްމަދް ދީދީ ސީރިޔާ އަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.