Last Updated: April 23, 23:56
Tuesday, April 23, 2024
މީހުން

މުހައްމައިދީ އިސްތިއުފާ ދެއްވައިފި

އަަދާލަތުގެ ނޫސް ކޮންފަރެންސެއްގައި މުހައްމައިދީ (ވާތް ފަރާތުގައި). ފޮޓޯ/ ހަވީރު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝައިޚް މުހައްމަދުދީދީ (މުހައްމައިދީ) އިސްތިއުފާ ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އައްޑު އަށް ނިސްބަތްވާ މުހައްމައިދީ ސަރުކާރުން ވަކިވެވަޑައިގަތީ، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށް ވިދާޅުވެ އެވެ. އަދި އޭނާ ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރުގެ ފަސާދައިގެ އަމަލުތައް ތަކުރާރުވަމުންދާ ކަމަށާއި އަދާލަތު ޕާޓީން ސަރުކާރަށް ކުރި އިތުބާރު އަނބުރާ ގެނައުމުން އެކަމަށް އިހްތިރާމު ކުރުމުގެ ގޮތުން މުހައްމައިދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލައި އަދާލަތު ޕާޓީން ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރީ ވަރަށް ބޮޑު އުއްމީދަކާ އެކުގައި ކަމަށެވެ.

"އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އައީ މި ސަރުކާރަކީ ވަރުގަދަ ސަރުކާރަކަށް ހެދުމަށް. ނަމަވެސް ފެނިގެން ދިޔައީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖެހުމުގެ ބަދަލުގައި އެ ހުވަފެންތައް ބިލާހަކަށްވި ތަން. އުއްމީދުތައް ނާއުއްމީދަށްވި ތަން. އަނިޔާވެރިކަން،" މުހައްމައިދީ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ސަރުކާރުން ސިޔާސީ ލީޑަރުން "ގެއްލުވާލުމަށް" ދަނީ މަސައްކަތް ކުރަމުންނެވެ.