Last Updated: April 24, 22:58
Wednesday, April 24, 2024
ސިޔާސީ

"ޒުވާނުންގެ ސިޓީ ހުރީ ސަހަރާގައިތަ؟"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޒުވާނުން ހެޔޮ މަގަށް އެޅުމުން ދުވާލަކު ޒުވާނަކު މަރުވަނުންދާ ކަމަށާއި ޒުވާނުންގެ ސިޓީ ހުރީ ސަހަރާގައިތޯ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ސަރުކާރަށް ބަހުގެ ހަަމަލާތަކެއް ދީފި އެވެ.

ރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 29 އަހަރުގެ މީހަކު މަރަލާލި މައްސަލަ އަށް ވެސް އިޝާރާތްކޮށް ރޮޒޭ މިއަދު ކުރެއްވި ދެ ޓްވީޓްގެ ތެރެއިން ފުރަތަމަ ޓްވީޓްގައި ވިދާޅުވީ "ޒުވާނުންގެ ސިޓީ އަނެއްކާ ސަހަރާގައިތޯ" އެވެ.

ghjghkuk

"ޒުވާނުން ހެޔޮ މަގަށް މި ސަރުކާރުން އެޅުވީމަ ދުވާލަކު މަރެއް! ކިހާ ދެރަަ ކަމެއް!" އޭނާގެ ޓްވީޓްގައި ވެ އެވެ.

ރޮޒޭގެ ދެވަނަ ޓްވީޓްގައި ވިދާޅުވީ މާރާމާރީ މިހާރު ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ހިނގާ ކަމަކަށްވެއްޖެ ކަމަށެވެ.

bkhjkh

"(އެކަމަކު) ހުރިހާ ފުލުހުންނާއި އެ މީހުންގެ ހުރިހާ ރިސޯސްއެއް ބޭނުން ކުރަނީ ސިޔާސީ މީހުން ހައްޔަރުކޮށް އެ މީހުންނަށް އަނިޔާ ކުރަން،" ރޮޒޭ ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން މެރުން ވަރަށް ބޮޑަށް އާންމުވެފައިވާ އިރު، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ 2014 ވަނަ އަހަރުގެ ރިޕޯޓް ދައްކާ ގޮތުން މާރާމާރީ އާއި މީހުން މެރުން 2013 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން އެ ރިޕޯޓްގައި ބުނެފައި ވަނީ 2014 ވަނަ އަހަރު ނުރައްކާތެރި 1،062 މާރާމާރީ ހިންގައި ފަސް މީހަކު މަރާލާފައިވާ ކަމަށެވެ.