Last Updated: April 16, 23:13
Tuesday, April 16, 2024
ރިޕޯޓް

ކުށް ގިނަވަނީ ފުލުހުންގެ ދައުރު އަދާ ނުކުރެވޭތީ!

ވޭތުވެ ދިޔަ ފަސް އަހަރުތެރޭ ތަފާތު އެކިފަހަރު މަތިން އެތަކެއް ސަތޭކެކަ މީހުން ވަނީ ދިވެހި ފުލުހުންގެ ތެރެއަށް ވައްދައިފައެވެ. ފުލުސް ސްޓޭޝަންތަކުގެ ޢަދަދު ގިނަ ކޮށްފަ އެވެ. ފުލުހުންނާއި ސިފައިން، އަދި ޖަލުތައް ތަރައްޤީކުރުމާއި ބެލެހެއްޓުމުގެ ނަމުގަ އި ޚަރަދުތައް ވެސް އިންތިހާ އަށް ފުޅާކޮށްފައިވެ އެވެ.

މިކަންތަކުން ނަތީޖާތަކެއް ނެރެވުނު ހެއްޔެވެ؟ ނުނީ މިކަންކަމުން ނެރެވުނު ނަތީޖާތަކާއި މެދު ހިތް ހަމަ ޖެހޭ މީހަކު އެބަހުރި ހެއްޔެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުށް ކޮންޓްރޯލް ކުރުމުގައި ފުލުހުންގެ ދައުރާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުންތަކަށް ބުރެވެ ދަންނަވަނީ ނަމަ، ހަމަ ހުރެލާފައި ފުލުހުންގެ ޢަދަދު ގިނަކުރީމާ ކުށްކުރުން އޮޓޮމެޓިކުން ދަށްވާނެ ކަމަށް ޤަބޫލުކޮށް ހުރުމަކީ ހިޔަންޏަށް މުޑިނެގުން ފަދަ ކަމެކެވެ.

ނަމަވެސް އެކަން ދެމި އޮންނަނީ އެފުލުހުންތައް އިތުރުކުރުމުގެ މަޤްސަދް ނުވަތަ ބޭނުމަކާއިއެވެ. އަދި އެއީ ކަމަށް އެންމެ އެކަށޭނެ ވަރުގެ ބައެއްތޯ އާއި އެ މީހުން ކުށްމަދުކުރަން ހިންގާނެ ނުވަތަ ހިންގަން ރާވާފައިވާ ޙަރަކާތްތެކެކެވެ. އަދި އެއަށްވެރު ވެސް ބޮޑަށް އެމީހުންގެ ސިކުނޑީގައި ކުށް މަދުކުރަން ހުރި "ސީރިއަސް" ކަމަކާއި "ފޯކަސް" އެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ކުށްމަދު މުޖްތަމަޢުތަކަށް (ޚާއްސަކޮށް ހުޅަގު ޔޫރަޕްގެ ޤައުމުތަކަށް) ނަޒަރު ހިންގާލާއިރު މާޙައުލުން ވަރަށް ގިނަކަންކަން ދަސްކުރެވެން އެބައޮތެވެ. އެގައުމުތަކުގައި، ކުރީބައިގައި ރާވައިގެން ރަށުތެރެ ނުނީ ޝަހަރުތެރޭގައި ފޯރިމަރަމުން ދިއުމުގެ (ޑައިރެކްޓެޑް ޕެޓްރޯލް) ޕްރޮގްރާމްތަކާއި، ޢާއްމުގޮތެއްގައި ކުށްކުރުން ޢާއްމު ސަރަޙައްދުތައް (ހޮޓް ސްޕޮޓްތައް) ފާހަގަކޮށް އެ ތަންތާ ހުންނަ މައްސަލަތަކާއި ކުށްކުރުމަށް މަގުފަހިވާ ކަންތައްތަކަށް ހައްލު ހޯދަން ކެނޑިނޭޅި މަސައްކަތް ކުރެއެވެ.

24-1

ދިވެހިރާއްޖެއަށް ބަލާއިރު ދިވެހި ފުލުހުން، މިފަހަކަށް އައިސް، ކުރަންޖެހިފައިވާ މައިގަނޑު މަސައްކަތަކީ މަގުތައް ބަންދުކޮށްގެން، މުޒާހަރާތައް ނިންމާލާނެ ވަގުތެއްގެ އިންތިޒާރުގައި ތިބުމާއި، ސުލްޙަވެރި ސިޔާސީއެއްވުންތައް ރޫޅާލުމެވެ. އެއީ ވެސް އެމީހުން އަމިއްލައަށް ފެނިގެނެއް ނޫނެވެ. މަތިން އަންނަ އޯޑަރަކަށެވެ.

ކިރިޔާ ވެސް އިތުރު ވަގުތުކޮޅެއް ލިބިއްޖެނަމަ، ނިކަން ވާދަވެރިކަމާއި އެކު ދެން ކުރަން އޮންނަ މަސައްކަތަކީ މަގުމަތި އަމާން ކުރުމުގެ ނަމުގައި ނުގަވައިދުން ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާޖެހުމެވެ. މީގެ ހެއްކަކީ، ތަންކޮޅެއް ހަލަބޮލި ދުވަސްކޮޅެއްނަމަ، ސްޓިކާޖެހުން އެހާބޮޑަކަށް ނުފެންނަ ކަމެވެ.

ރޭނގަޑު ނިދިން މަހުރޫމުކުރުވާފައި މުޒާހަރާތަކުގައި ފޯރިއަށް މުޅި ފޯސް އެއްކޮށް ބޭއްވީމާ، ޖެހިގެން އަންނަ ދުވަހުގެ ދުވާލު ގަޑިތައް އޮފް-ގަޑިތަކުގެ ގޮތުގައި ހަމަޖައްސައިދީފައި އޮންނާތީ އެވެ. ސައިކޮލޮޖިކަލީ ވެސް އަސަރުކުރާނެއެވެ. ހަގީގީ މަސައްކަތަށް އޮންނަނީ ވަގުތު ނުދެވިފައެވެ. އަމާޒެއް ނެތެވެ. މިހެން ކަންތައްތައް ވެގެން ދިޔައިމާ، ގައުމަށް ކުރަނީ ކޮންފައިދާ އެއް ހެއްޔެވެ. ހިތަކަށް ނާރާ ހެއްޔެވެ.

0_14089408161_news

އަނެއްކޮޅުން ވައްކަން ކުރުމާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ރަށުތެރޭގެ އަމާންކަމަށް ބުރޫއަރާ ފަދަ ޢަމަލުތަކާއި، މަސްތުވާަކެތީގެ ސަބަބުން އުފެދޭ ޖަރީމާތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ގޮސް، ޤައުމު މިވަނީ ފާލުން ނެއްޓިފައެވެ.

މިފަދަ އިޖްތިމާޢީ ވަބާތަކުގެ ޙައްލު ހޯދައިދިނުމުގެ ޒިންމާއާއި، އަޅުގަނޑުމެން ޙަވާލު ކޮށްފައިވަނީ އަކީ ޑޮކްޓަރުންނާއި ނަރުހުންނަކަށް ނޫނެވެ. ފުލުހުންނާއި ސިފައިންނަށެވެ. ނަމަވެސް ހިތާމަ އަކީ، ފުލުހުންނާއި ސިފައިންނަކަށް މިފަދަކުށްތައް ކޮންޓްރޯލްކުރުގައި އަދާކޮށްދެވުނު ދައުރެއް ނެތެވެ. އެމީހުން ވަނީ ކަމަށް ނުކުޅެދިފައެވެ.

މިއޮއް ނާމާން ދުވަސްވަރުވެސް ރަށުތެރެއަށް ނިކުމެ، ފޯރިމަރާނެ ބަޔަކު ވެސް ނުވިއެވެ.

ރައްޔިތުން ބިރުވެރި ބިކަ ޙާލުގައި ލޮލު ފިޔަ ލައްޕާނުލާ ތެބޭއިރު، ދައުލަތުން ބޮޑު ޚަރަދުކޮށްފައި ބޭތިއްތިބި ފުލުހުންނަކަށް ކޮށްދެވެނެކަމެއް ނެތެވެ. އެމީހުންނަށް އޮތީ، ކޮންމެ ދުވަހަކުވެސް ސިޔާސީގޮތުން ވަކި ބަޔަކު ހިމާޔަތްކޮށް، އެމީހުންނަށް ލިބިދާނެ ގެއްލުމަކަށް ބަލަބަލައި ފޯރިއަށް ތެބޭށެވެ.

އަދާ ކުރަންޖެހޭ ޒިންމާތަކާއި، ފުރިހަމަ ދައުރު އަދާނުކުރެވި ހަތަރެސްފައި ބަނދެވި އަނގަ ބަންދުވެގެން ތިބޭށެވެ.