Last Updated: March 29, 09:42
Friday, March 29, 2024
މުނިފޫހިފިލުވުން

ޝާހްރުކްގެ މޭކަޕް އާޓިސްޓަކަށް ގްރެގް

ޝާހްރުކް ހާން މިހާރު ޝޫޓް ކުރަމުން އަންނަ ފިލްމް "ފޭން" ގައި އޭނާ ޑަބަލް ރޯލަކުން ފެނިގެންދާ އިރު، މި ފިލްމުގައި އޭނާ ފެނިގެން ދާނީ އެތައް ފަހަރެއްގެ އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު މޭކަޕް އާޓިސްޓް ގްރެގް ކެނޮމްގެ މޭކަޕާ އެކުގަ އެވެ.

ގްރެގަކީ ބްރެޑް ޕިޓް ވަރަށް އާދަޔާހިލާފް ރޯލަކުން ފެނުނު 2008 ގެ ފިލްމް "ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓަން" އާއި 1993 ގެ "މިސިޒް ޑައުޓްފަޔާ" ގައި ރޮބިންސް ވިލިއަމްސްގެ އާދަޔާހިލާފް މޭކަޕަށް އޮސްކާ ހާސިލްކޮށްފައިވާ ފަންނާނެކެވެ.

މިއީ ގްރެގް ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން އޭނާ ވަނީ ވިޝާލް ބަރަދްވާޖް 2011 ގައި ޑައިރެކްޓްކޮށް، ޕްރިޔަންކާ ޗޯޕްޅާ ތަފާތު ރޯލަކުން ފެނިގެން ދިޔަ "ސާތު ހޫން މާފް" ގެ މޭކަޕް ވެސް ކޮށް ދީފަ އެވެ.

image

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، މަނީޝް ޝަރްމާ ޑައިރެކްޓް ކުރާ "ފޭން" އަކީ މީގެ ކުރިން އެއްވެސް ފިލްމަކުން ޝާހްރުކް ފެނިގެން ނުދާ ފަދަ ތަފާތު ގޮތަކަށް އޭނާ ފެނިގެން ދާނެ ފިލްމެކެވެ.

މި ފިލްމުގެ މަންޒަރުތަކެއްް ދާދި ފަހުން ކްރޮއޭޝިއާގައި ނިންމާލުމަށް ފަހު، ކްރޫ މިހާރު ތިބި އިނގިރޭސިވިލާތުގަ އެވެ. އޭގެ ކުރިން ފިލްމުގެ ވަރަށް ބޮޑު ބައެއް މުމްބާއީ އާއި ދިއްލީގައި ވަނީ ނަގައިފަ އެވެ.

Waluscha-De-Sousa1

މި ފިލްމުގައި ޝާހްރުކާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ނިކުންނަ ވަލުސްޗާ ޑި ސޫޒާ އެވެ.