Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

މިނިޓް މެއިޑަށް ބޮޑު ތަރުހީބެއް ލިބޭ: ކޮކާ ކޯލާ

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އައްޑޫގައި ވިއްކަން ފެށި ކޮކާ ކޯލާ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "މިނިޓް މެއިޓް ޕަލްޕީ އޮރެންޖް" ޖޫހަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޮކާ ކޯލާގެ އުފެއްދުންތައް އައްޑޫގައި ކުރިއަށް ވުރެ ބޮޑަށް މާކެޓް ކުރަން މި މަހުގެ އެއް ވަނަ ދުވަހު ޑިސްޓްރިބިއުޝަން ސެންޓަރެއް ވެސް ވަނީ ހުޅުވައިފަ އެވެ.

އަދި މިނިޓް މެއިޑް ޖޫސް ޕްރޮމޯޓް ކުރަން ހުކުރު ދުވަހު ހާއްސަ ރެލީއެއް ވެސް ބޭއްވި އެވެ.

ކޮކާ ކޯލާ މޯލްޑިވްސްގެ ޗެނަލް މެނޭޖަރު އެޓޯލްސް އަބްދުﷲ ނަސީރު ވިދާޅުވީ އައްޑޫން މިނިޓް މެއިޑަށް ލިބޭ ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެން ރޯޑް ޝޯގައި ވެސް އާންމުންނަށް ރަހަ ދައްކާލިން. ގިނަ ބަޔަކަށް ހަމަ ވަރަށް ކަމުދިޔަ ޖޫހަކަށްވީ. ރަހަ ބެލި ގިނަ މީހުން ބުނި މިހާ މީރު ޖޫހެއް މީގެ ކުރިއަކުން ނުބޮމޭ. އެހެންވެ އާންމުންގެ ފަރާތުން ކުރިއަށް އޮތް ތަނުގައި މިނިޓް މެއިޑަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މިނިޓް މެއިޑް ޕަލްޕީ އޮރެންޖް އައްޑޫގެ ބައެއް ފިހާރަތަކުން ވިއްކަމުން އަންނަ އިރު، ގާތްގަނޑަކަށް ހުރިހާ ފިހާރައަކަށް ކޮކާ ކޯލާ އިން ވަނީ ސާމްޕަލް ފުޅިތަކެއް ފޮނުވައިފަ އެވެ.

"އެހެންވީމާ އެތަންތަނުން މީތި ޓެސްޓްކޮށްފައި އަންގާލީމަ އަޅުގަނޑުމެން މި ތިބީ ޑެލިވަކޮށް ދޭން ތައްޔާރަށް. ކޮންމެ ތަނަކަށް ވެސް ހަމަ ހިލޭ ފްރީ ޑެލިވަރީ އިންނާނެ،" އަބްދުﷲ ވިދާޅުވި އެވެ.

މިނިޓް މެއިޑް އޮރެންޖް ޕަލްޕީގެ ދެ ސައިޒެއް މިހާރު އަންނަނީ ވިއްކަމުންނެވެ.

hjjh (2)

އެއީ 200ރ. އަށް ވިއްކާ 24 ފުޅި ހިމެނޭ 400 އެމްއެލް އާއި 240ރ. އަށް ވިއްކާ އެއް ލީޓަރުގެ 12 ފުޅީގެ ކޭހެވެ.

ކޮކާ ކޯލާ އިން ބުނީ މިނިޓް މެއިޑްގެ އިތުރު ރަހަތަކުގެ ޖޫސް ވެސް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށެވެ.

ކޮކާ ކޯލާގެ ހުރިހާ އުފެއްދުމެއް މިހާރު އައްޑޫގައި ހުޅުވި ޑިސްޓްރިބިއުޝަން ސެންޓަރުން ލިބޭނެ އެވެ.