Last Updated: April 20, 18:15
Saturday, April 20, 2024
ކުޅިވަރު

ގޯދިއްޔާ މުބާރާތުގެ ކަލަންޑަރު އާންމުކޮށްފި

ކޮންމެ އަހަރެއްގެ ރޯދަ މަހު އައްޑޫގައި ބާއްވާ ފޯރިގަދަ "ގޯދިއްޔާ ފުޓްސަލް މުބާރާތު" ގެ މި އަހަރުގެ ކަލަންޑަރު އާންމުކޮށްފި އެވެ.

މަރަދޫ ގޯދިއްޔާ އިން ބުނީ އެ ރަށު ދަނޑުގައި ރޯދަ މަހުގެ ރޭގަނޑު އޮންނަ މި މުބާރާތް ފަށާނީ ޖުލައި މަހުގެ 4 ގައި ކަމަށެވެ.

އޭގެ ފަހުން ގްރޫޕް މެޗްތައް ޖުލައި 4-17 އަށް ކުޅޭނެ އެވެ. މި އަހަރުގެ މުބާރާތުގައި ވެސް 20 ޓީމް ބައިވެރި ކުރަން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރޭގައި އަައްޑޫ ނޫން އަތޮޅުތަކަށް ފަސް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މާދަމާގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗްތައް ކުޅޭނީ ޖުލައި 21 އަދި 22 ގަ އެވެ. ސެމީގެ ފުރަތަމަ މެޗް ކުޅޭނީ ޖުލައި 24 ގަ އެވެ.

އަަދި 55،000ރ. އަށް ހުށަހަޅާފައިވާ މުބާރާތުގެ ފައިނަލް މެޗް ތާވަލްކޮށްފައި ވަނީ ޖުލައި 27 އަށެވެ.

1012147_10152300098046488_944181764_n

އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަކާ އެކު، މުބާރާތުގެ ތާވަލަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގޯދިއްޔާ އިން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ރަނައަޕް ޓީމަށް ހުށަހަޅާފައި ވަނީ 20،000ރ. އެވެ. މުބާރާތް ސްޕޮންސަ ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިދިޔަ އަހަރު ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަނަކީ މަރަދޫ ޒިލޯން އެވެ.