Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އިތުރު މަގުތަކެއްގައި ތާރު އަޅަނީ

ހިތަދޫގެ މަގެއް ހެދުމުގެ މަސައްކަތް އެމްއާރްޑީސީން ކުރަނީ: މަސައްކަތުގެ ސްޕީޑް ހަލުވި. ފޮޓޯ/ އިބްރާހީމް ރަޝީދު

އައްޑޫގެ ރަށްތަކުގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް ބައެއް އިތުރު މަގުތަކުގައި ތާރު އެޅުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފިއެވެ.

އެމްއާރްޑީސީގެ އައްޑޫ ސައިޓްގެ އިސް އޮފިޝަލަކު ވިދާޅުވީ މެދެއާރި މަގުގައި ތާރައަޅައި ނިންމުމަށްފަހު އިތުރު ހަ މަގެއްގައި ތާރު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ހިތަދޫގެ އިތުރު ހަ މަގެއްގައި ތާރު އަޅައިގެން ހަދަން ނިންމާފައިވާ އިރު، އެ މަގުތައް ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެ މަގުތަކަކީ އަމީނީ މަގު، ސަން ލައިޓް ހިނގުން، ކެނެރީ މަގު، ޒިޔާރަތް މަގު އަދި ޝަރަފުއްދީން މަގެވެ.

އޭގެ އިތުރުން ފޭދޫން ތިން މަގަކާއި މަރަދު އާއި މަރަދޫފޭދޫގެ ތެރެއިން ކޮންމެ ރަށަކުން އިތުރު ދެ މަގެއްގައި ތާރު އަޅަން ވަނީ ނިންމާފަ އެވެ.

ައެމްއާރްޑީސީން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ.-- ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ
ައެމްއާރްޑީސީން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ.– ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

އަދި ރަށްތަކުގެ ވެލި މަގުގެ ތަރެއިން 20 މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ރޯޑް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

އޮފިޝަލް ވިދާޅުވީ ހިތަދޫ ބޮޑުމަގުގެ ޝީޝާ ހުންނަ ހިސާބުގެ ޕޭވްމަންޓްގެ އެއްފަޅި މުޅިން ނިމި ދެވަނަ ފަޅީގައި ޕޭވްމަންޓް ގާ އެތުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ައެމްއާރްޑީސީން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ.-- ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ
ައެމްއާރްޑީސީން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ.– ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

އެމްއާރްޑީސީން އަންނަނީ ޒޯން 8 ސްޓޭޑިއަމްގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން ދަނޑުގެ ވިނަ ކޮށާ ދަނޑުގައި ބަރު ދުއްވުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ައެމްއާރްޑީސީން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ.-- ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ
ައެމްއާރްޑީސީން ހިތަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ: މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ.– ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

އަދި އަލަށް އާބާދުވާ ސަރަހައްދުތަކަށް ކަރަންޓް ލުމަށް އެހިސާބުތަކުގެ މަގުތައްވެސް ދަނީ ހަދަމުންނެވެ.