Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ސާފު ކުރުމުގެ "ބޮޑު ހަރަކާތް" މެއި 3 ގައި

މޭއި މަހު މާލެ އާއި އައްޑޫގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕާއި ގުޅިގެން އައްޑޫ ސާފު ކުރުމުގެ "ބޮޑު ހަރަކާތް" އަންނަ މޭއި މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) މިއަދު ވިދާޅުވީ އައްޑޫގައި ތިބި މުވައްސަސާ ތަކާއި ގުޅިގެން ބާއްވާ ސާފުކުރުމުގެ ހަރަކާތުގައި ރަށްތަކުގެ ހޭޅިފަށާއި، ފުއްޓަރު ފަރާތް ސާފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭއެފްސީގެ ގްރޫޕް ބީގެ ޓީމްތައް މޭއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އައްޑޫއަށް ޒިޔާރަތް ކުރުމަށް ފަށާނެއެވެ. ސޯބެ ވިދާޅުވީ ސާފު ކުރުމުގެ ކަންކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފް ސަދަން އޭރިއާގެ ބޭފުޅުންނާއި މަޝްވަރާ ކުރެވިަފއިވާ ކަމަށެވެ.

ޗެލެންޖް ކަޕާއި ގުޅިގެން، އައްޑޫ ސާފު ކުރަން ނިންމާފައިވާ އިރު ރޯޑް ކޯޕަރޭޝަންގެ ފަރާތުން އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.