Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

މަހިންދަ ރާޖަ ކަޕް އައްޑޫގައި

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ޓްރޮފީ މުބާރާތް މިއަހަރު ފަހުކޮޅު އައްޑޫގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާކަމަށް ކުޅިވަރާއި ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ޗެލްންޖްގެ އޮފިޝަލް ޑޮމެސްޓިކް ކެރިއަރެއްގެ ގޮތުގައި މޯލްޑިވިއަން ރަސްމީކޮށް ތައާރަފްކުރުމަށް މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތަށް ފަހު، މަލީހް ވިދާޅުވީ 23 އަހަރުން ދަށުގެ ގައުމީ ޓީމްތަކަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ އާއި ލަންކާއިން އިސްނަގައިގެން ބާއްވަމުން އަންނަ ރާޖަޕަކްސް ޓްރޮފީގެ ފުރަތަމަ މުބާރާތް ރާއްޖެއިން ވަނީ ކާމިޔާބް ކޮށްފައެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރަމުން އަންނަ އިރު ދަނޑުގައި ޖަހާ ލައިޓް ގެނައުމަށް ހަމަޖެހިފައިވަނީ ލަންކާއިންނެވެ. މަލީހް ވިދާޅުވީ ލަންކާއިން ދަނޑުގެ ލައިޓިންއަށް "ވަގުތީ" ހައްލެއް ލިބިފައިވާ ކަމަށެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ އިރު ދަނޑުގެ މަސައްކަތް ކުރަމުން އަންނަ އަމީން ކޮންސްޓަރކްޝަނުން މަސައްކަތް މިމަހުގެ 22 ވަނަ ދުވަހު ނިންމައި ހަވާލު ކުރުމަށް ވަނީ އެއްބަސްވެފައެވެ.