Last Updated: March 28, 14:17
Thursday, March 28, 2024
މުނިފޫހިފިލުވުން

ޗިތުރަންގަދާ ހުސްހަށިބައިވެއްޖެ

ކައިވެންޏެއްކޮށް ދަރިއަކު ވެސް ލިބިފައިވާ ބޮލީވުޑްގެ ބަތަލާ ޗިތުރަންގަދާ ސިންގުގެ ކައިވެނި ނިމުމަކަށް އައިސް ހުސްހަށިބައި ވެއްޖެ އެވެ.

އޭނާގެ ކައިވެނީގައި މަައްސަލަތަކެއް ޖެހިގެން އުޅޭ އަޑުތަކެއް މިދިޔަ އަހަރުން ފެށިގެން ވަނީ ފެތުރިފަ އެވެ.

ކާމިޔާބް ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ކައިވެނިކޮށްގެން އުޅުނީ އިންޑިއާގެ މަޝްހޫރު ގޮލްފް ކުުޅުންތެރިޔާ ޖިއޯތީ ރާންދްވާ އާ އެެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖިއޯތީ ކައިރިން ވަރިވާން އެދުނީ ޗިތުރަންގަދާ، 38، އެވެ.

އަދި ވަރީގެ މައްސަލަ އޭނާ ކޯޓަށް މިދިޔަ އަހަރު ހުށަހެޅުމުން، ދެ މީހުންގެ ވަރީގެ ކަންތައްތައް މުމްބާއީގެ ގޯރޭގާއޯންގެ ފެމިލީ ކޯޓުން ނިންމީ މި ހަފުތާގެ ތެރޭގަ އެވެ.

އެއީ އެ ދެ މީހުންގެ ދަރިފުޅު ޒޮރާވަރު ރާންދްވާ ޗިތުރަންގަދާގެ ކައިރީގައި ވެސް ބަހައްޓާ ގޮތަށެވެ.

chitrangda-and-her-husband_660_051113011835

ތޭރަ އަހަރަށް ފަހު ޗިތުރަންގަދާ އާއި ޖިއޯތީގެ ކައިވެނި ރޫޅިގެން ދިޔަ އިރު، ދެ މީހުންގެ މެދުގައި އާންމުކޮށް އެހާ ގާތް ގުޅުމެއް ނޯވެ އެވެ. އަދި މުމްބާއީގައި ޗިތުރަންގަދާ އުޅޭ އިރު، ޖިއޯތީ އާންމުކޮށް ދިރިއުޅެނީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގަ އެވެ.

jkkjkj

"ޖަނާބް ޕެހެލޭ އާޕް" ކިޔާ ފިލްމެއްގައި އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރާ އެކު މިހާރު މަސައްކަތް ކުރަމުން އަންނަ ޗިތުރަންގަދާގެ ފިލްމުތަކުގެ ތެރޭގައި "އިންކާރު"، "ދޭސީ ބޯއިޒް"، "ހަޒާރޯ ހުވާއިޝް އެއިސީ" އަދި "ސޮރީ ބާއީ" ފަދަ ފިލްމްތައް ހިމެނެ އެވެ.