Last Updated: April 25, 22:42
Thursday, April 25, 2024
ދީން

"ލޯބީގެ ޝަރުއީ މިންގަނޑު" މާދަމާ ރޭ

ނޫރުލް އިސްލާމުން އިންތިޒާމްކޮށްގެން "ލޯބީގެ ޝަރުއީ މިންގަނޑު" ގެ ނަމުގައި ހާއްސަ ދަރުސެއް މާދަމާ ރޭ ހިތަދޫ ސްކޫލްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފިއެވެ.

ރައްޔިތުންނަށް ދީނީ ސައްޙަ މައުލޫމާތު ފޯރުކޮށްދީ ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ނޫރުލް އިސްލާމް އިން އިންތިޒާމް ކޮށްފައިވާ މި ހާއްސަ ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:30 ގަ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިއާ ޝެއިޚް އަހުމަދު ސަމީރުގެ މި ހާއްސަ ދަރުސް ހުށަހަޅައި ދިނުމަށް ހަމަޖެހިފައި ވަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒެވެ.

މި ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހިތަދޫ ސްކޫލަށް ވަޑައިގަތުމަށް އެޖަމިއްޔާއިން ވަނީ އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަ އެވެ.