Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

އެކްސިޑެންޓްވި މީހާ ނިޔާވެއްޖެ

ރޭ 10:00 ޖަހާކަށް އިރު ހިތަދޫ ބޮޑުމަގުގައި ހުންނަ މަލްޓި މާޓް ކުރުމަތީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ނިޔާވެއްޖެއެވެ.

މަލްޓި މާޓް ކުރިމަތީ ޕާކް ކޮށްފައި އޮތްވާ ބޮޑުމަގުން ދެކުނުން އުތުރަށް ބާޑު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ ހިތަދޫ ޗިޗަންޑާގެ، ހަސަން ދީދީ (57އ)އެވެ.

މަލްޓި މާޓް ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި ހަސަން ދީދީ ދުއްވި ސައިކަލް. ފޮޓޯ: ކިއުންތެރިއެއް
މަލްޓި މާޓް ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި ހަސަން ދީދީ ދުއްވި ސައިކަލް. ފޮޓޯ: ކިއުންތެރިއެއް

ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ ހަސަން ދީދީ ހޮސްޕިޓަލަށް ގެނައިއިރު އޭނާގެ މޫނާއި ބޮލަށް އަދި ހަށިގަނޑުގެ އެކި ގުނަވަންތަަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ޕިކަޕްގައި ޖެހި ހަސަން ދިދީ ވިއްސައިގެން ގޮސް ޖެހުނު ގޮތަށް އޭނާގެ ހަށިގަނޑުގެ ބައެއް ތަން ތަން ބިންދައިގެން ދިޔަ ކަމަށެވެ. އަދި އޭނާގެ މޫނު ބިންމަތީ ޖެހި ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރި ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭ ނެތް ކަމަށެވެ.

އައްޑޫގައި މިދުވަސް ކޮޅު އާދަޔާ ހިލާފަށް އެކްސިޑެންޓް ގިނައެވެ. އަދި އެކްސިޑެންޓް މަދުކުރުމަށް ފުލުހުން ދަނީ ޓްރެފިކް އޮޕަރޭޝަން ހިންގަމުންނެވެ.