Last Updated: April 24, 17:43
Wednesday, April 24, 2024
ރިޕޯޓް

ސްޓޭޑިއަމްގެ ފެންސް އޭއެފްސީ މިންގަނޑަށް ފެތޭބާ؟

އޭއެފްސީ ޗެލެންޖް ކަޕް މާލެ އާއި އައްޑޫ ސިޓީގައި ބާއްވަން ނިންމައި ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއިން ފެށީ ޖެނުއަރީ 14، 2014ގައެވެ. މަސައްކަތް އެޕްރީލް 22، 2014 ގައި ނިންމަން އެއްބަސްވެގެންނެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

ސްޓޭޑިއަމްގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ އިރު ދަނޑުގެ ވަށައިގެން ވަނީ ނަރުދަލުގެ ފެންސެއް ޖަހާފައެވެ. ދައުލަތުގެ ބަޖެޓްއިން ބޮޑު ހަރަދެއް ކޮށްގެން އައްޑޫގައި ގާއިމް ކުރާ މި ސްޓޭޑިއަމްގެ މަސައްކަތް އަމީން އިން ކުރަމުން ދިޔައިރު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ބަލަންވާ ވަރަށް ބެލުނުތޯ މީ އުފެދޭ ސުވާލެކެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

އަމީންގެ ފަރާތުން ފުވައްމުލަކު ގްރޫޕަކަށް ސަބް ކޮންޓްރެކްޓަށް ދީގެން ކުރުވާ މަސައްކަތް ނިންމަން މަދު ދުވަސް ކޮޅަކަށް ވުމުން މިހާރު ގިނަ ކަންކަން ކުރިއަށްގެންދަނީ ވަގުތަށް ނިންމުމަށް "އަތަށް ފަސޭހަ" ގޮތަށެވެ. އެކަން އެންމެ ފުރިހަމައަށް ފެންނަނީ ދަނޑުގެ ވަށައިގެން ޖަހާ ފައިވާ ފެންސުންނެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

ދަނޑުގެ ވަށައިގެން ދަނޑަށް ނެރޭ ގޮތަށް ދަނގަޑު ހޮޅިން ތައްޔާރުކޮށްފައިވާ ފެންސްގައި ނަރުދާ ހަރުކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އައްސައިގެންނެވެ. މަސައްކަތުގެ ކޮލެޓީ އެހެރީ ފެންނާށެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

މުބާރާތުގައި ކުޅޭ ޓީމް ތަކުގެ ސެކިއުރިޓީ މުބާރާތް ބާއްވާ ގައުމުން ފުރިހަމައަށް ދޭން ޖެހެއެވެ. އެހެންވެ ދަނޑުގެ ވަށައިގެންވާ މަގުތައް ސަލާމަތީ މިންގަޑަށް ފެއްތުމުގެ މަސައްކަތް މުބާރާތުގެ ކޯޑިނޭޝަން ކޮމެޓީގެ ފަރާތުން ދަނީ ކުރުވަމުންނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ދަނޑުގެ ފެންސް އޭއެފްސީގެ ކޯޑިނޭޝަން ކޮމެޓީން ބަލާ މިންގަޑަށް ފެތޭ ހެއްޔެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

ޔޫތު މިނިސްޓަށް މުހައްމަދު މަލީހް ޖަމާލްއަށް ދަނޑުގެ ފެންސްތަކުގެ ހާލަތު ދައްކުވައިދޭ ފޮޓޯ ފޮނުވުމުން ވިދާޅުވީ އެކަން ހައްލުކުރުމަށް ދަންނަވާނެކަމަށެވެ. އެކަމަކު ދަނޑުގެ ވަށައިގެން ހުރި ފެންސްގަިއ ޖަހަންޖެހޭ ހުރިހާ ދަލެއް ވަނީ ޖަހާ ނިންމާފައެވެ.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

މިފަދަ ބޮޑު ބިޔަ މަޝްރޫއެއް ނިމިގެން ގޮސްފައިވާ އިރު ދަނޑުގެ ސިޑި ބަރީގެ ކޮންކްރީޓް މަސައްކަތާއި ފުރާޅުގެ ހުރިހާ ކަމެއްް ގޮސްފައިވަނީ އެންމެ ފުރިހަމަ ގޮތެއް ގައި ތޯ މީ އުފެދޭ ސުވާލެކެވެ. ފުރާޅުގައި ދިޔަ ދޮވި ހަރުކުރުމަށް ވެސް މިނިސްޓަރަށް ވަނީ ދަންނަވާފައެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

މުބާރާތް އަންނަ މޭއި މަހުގެ 19 ވަަނަ ދުވަހު ފަށާއިރު އައްޑޫގައި ކުޅޭ ފުރަތަމަ މެޗް މޭއި 20 ވަނަ ދުވަހު ކުޅޭނެއެވެ. ދަނޑުގައި ލައިޓް ޖެހުމުގެ ކަންކަން އަދި ފެށިފައި ނުވާއިރު ދަނޑުގައި ޖަހަނީ "ވަގުތީ" ލައިޓް ތަކެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.

ސަރުކާރުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން ހިންގާ މިފަދަ ޕްރޮޖެކްޓްތައް "ވަގުތީ" ވެއްޖެ ނަމަ އަބަދުވެސް ތިބެން ޖެހެނީ މަރާމާތު ކޮށްލަ ކޮށްލައެވެ. ފަހަރުގައި ފެންސްވެސް "ވަގުތީ" ވީ ކަން ނޭގެއެވެ.

ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.
ސ.ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖަހަފައި ހުރި ފެންސް.