Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

50،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

މީދޫ ޕާކް. މީދޫ ގެއެއް ފަޅާލައި ގިނަ އަދދަެއްގެ ފައިސާ ރޭ ވަނީ ވަގަށް ނަގާފައި. ފޮޓޯ: އަހުމަދު އަޔާޒް

ސ. މީދޫ ގެއެއް ފަޅާލައި ފަންސާސް ހާސް ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައިފި އެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ދަންވަރު ފަޅާލާފައިވަނީ އެރަށު ލައިނޫފަރުވިލާ އެވެ. އެގެއިން 80،000ރ ވަގަށް ނަގާފައިވާ ކަމަށްވެއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ މީދޫ ގެއެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ދަންވަރު 3:02 އެހާކަށް ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއި އެކު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އެސީންއަށް ގޮސް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އަދި ވެސް ފުލުހުން އެގޭގައި ހަރަކާތް ތެރިވަމުން އަންނަ ކަމަށެވެ. އެހެންވެ އަދި އިތުރު ތަފްސީލެއް ލިބިފައި ނުވާ ކަމަށެވެ.