Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ފުލުހުންގެ ވެރިއަކު ދުއްވި ވެހިކަލެއް އެކްސިޑެންޓް!

ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް

މަރަދޫ ފޭދޫގައި ފުލުހުންގެ އިސް ވެރިއަކު ދުއްވި ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އެބަދެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ މަރަދޫފޭދޫ، ރެޑްސްޓާރ، މުހައްމަދު ނާޒިމްއަށެވެ.

މި ހާދިސާގައި ވެހިކަލް ދުއްވީ ފުލުހުންގެ ކޮން ބޭފުޅެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. އެކްސިޑެންޓާއި ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅި އިރު ފޯނު ނިއްވާލާފައިވާތީ ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފައެވެ.

ހިތަދޫ ހޮސްޕިޓަލް ސަރަހައްދުގައި ހުރި "އައްޑޫލައިވް" ރިޕޯޓަރު ބުނީ ނާޒިމްގެ ބޮލާއި، ފަޔަށް ގެއްލުން ލިބި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް
ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް

މިއަދު މެންދުރު ލިންކް ރޯޑުގައި އެމްއާރްޑީސީ ބޮޑު ވެހިކަލެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހަކަށް ވަނި އެކިވަރުގެ އަނިޔާލިބި ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.

ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް
ފުލުހުންގެ އިސްވެރިއަކު ދުއްވި ވެހިކަލް އެކްސިޑެބްޓް ވެފައި. ފޮޓޯ: ކިއުންތެރިއެއް

މި ދުވަސްކޮޅު އައްޑޫގައި ދަނީ ގިނަ އެކްސިޑެންޓްތައް ހިނގަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ އިރު އިއްޔެ ހަވީރު މަރަދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ މީހެއްގެ ބޮލަށް ގެއްލުން ލިބި ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.