Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެކްސިޑެންޓްވީ ގަން ޕޮލިސް އިންޗާޖް

މިއަދު މެންދުރު ފުލުހުން ދުއްވި ވެހިކަލަކާއި، ސައިކަލެއް ޖެހި ހިނގި އެކްސިޑެޓްގައި ވެހިކަލް ދުއްވަން އިނީ ގަމު ޕޮލިސް އިންޗާޖް ސާޖެންޓް ހާމިދު ވަޖީހުކަން "އައްޑޫ ލައިވް" އަށް އެނގިއްޖެ އެވެ.

މަރަދޫފޭދޫ ރަށްދެބައި މަގުގައި ހިނގި އެކްސިޑެންޓްގައި އެރަށު ރެޑްސްޓަރ މުހައްމަދު ނާޒިމް ދުއްވި ސައިކަލްގައި ޖެހި ނާޒިމް ވިއްސައިގެން ގޮސް އޭނާގެ ބޮލަށާއި ފަޔަށް ގެއްލުން ލިބި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ.

acident qq

މި ހާދިސާ އާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ.

އައްޑޫގައި އެކްސިޑެންޓްތައް ގިނަ ވެފައިވާއިރު ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަނގަކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫގައި ޓްރެފިކް ޕޮލިހުން ބޭތިއްބުމަށް ނިންމާފައިވާކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ވިދާޅުވެފައެވެ.