Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އެކްސިޑެންޓްވި ސައިކަލުން ފިލި މީހާ އަތުލައިގެންފި

މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓް ކުރިމަތީހިނގި އެކްސިޑެންޓް: ފޮޓޯ: /އައްޑޫލައިވް

މިދިޔަ ހޮނިހިރު ދުވަހު ހަވީރު، މަރަދޫ ބޮޑު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓަށް ފަހު ފިލައިގެން އުޅުނު 29 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން އަތުލައިގެންފައިވާކަމަށެވެ.

ނަމަވެސް އޭނާ އާއި ބެހޭ އިތުރު ތަފްސީލެެއް ފުލުހުން ނުދެއެެވެ. މި އެކްސިޑެންޓާއި ގުޅިގެން ބޮލަށް އަނިޔާ ލިބުނު މަރަދޫ ކާރްނޭޝަންގޭ، ހަސަން ނަސީރު، 69އ، ރޭ ފަތިހުވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށްޓަކައި ރޭ ދަންވަރު ގަމަށް ގެންދިޔަ މަގުމަތީގައެވެ.

މަންޒަރު ދުށްމީހަކު ބުނީ އެކްސިޑެންޓަށްފަހު ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އައި ޒުވާނާ އެހެން މީހެއްގެ ސައިކަލް ފަހަތަށް އަރައި ރައްކާވީ ކަމަށެވެ. އެހެންވެ ފުލުހުން ދިޔައީ އޭނާ ހޯދަމުންނެވެ.