Last Updated: March 29, 11:09
Friday, March 29, 2024
ސިޔާސީ

ހިތަދޫ މެދު ދާއިރާ އިންތިހާބް ބާޠިލް ކުރާނެ ތަނެއް ނެތް: ހައިކޯޓް

ރައްޔިތުންގެ މަޖިލިސް ހިތަދޫ މެދު ދާއިރާގެ އިންތިހާބް ބާޠިލް ކުރާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ދާދި ދެންމެއަކު ނިންމައިފިއެވެ.

ހިތަދޫ މެދު ދާއިރާގެ އިންތިހާބްގައި ނާކާމިޔާބްވި ހިޔަލީ މުހައްމަދު ރަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި ހައިކޯޓުން ވަނީ އިންތިހާބް ބާޠިލް ކުރަންޖެހޭ ތަނެއް ނެތް ކަމަށް ނިންމަވާފައެވެ.

ހިޔަލީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރިޝްވަތު ދީގެން އިންތިހާބަށް ނުފޫޒު ފޯރުވިކަމަށް ބުނެއެވެ.

ހިތަދޫ މެދު ދާއިރާގެ ގޮޑި ކާމިޔާބް ކުރައްވާފައިވަނީ ކުރީގެ ބްރިގޭޑިއަ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީއެވެ. އިބްރާހިމް ދީދީއަށް 1099 ވޯޓު ލިބިވަޑައިގަތް އިރު ހިޔަލީ އަށް ލިބިވަޑައިގަތީ 898 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ސާލިހަށް ލިބިވަޑައިގަތީ 554 ވޯޓެވެ.

ފޭދޫ ދާއިރާއާއި ހިތަދޫ އުތުރު ދާއިރާގެ މައްސަލައިގެވެސް ހުކުމް މިއަދު ކުރުމަށް ވަނީ ތާވަލް ކޮށްފައެވެ.