Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

ލިންކްގައި މަސް ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ

ހިތަދޫ އަތިރިމަތީގައި މަސް ކަނޑަނީ، ލިންކް ރޯޑް އަރިމަތީ މަސްވިއްކުން ވަނީ މަނާކޮށްފައި. ފޮޓޯ: ކިއުންތެރިއެއް

ހިތަދޫ ކުޑަކުދިންގެ ޕާކާއި، ރޮޔަލް ޕްލަސް އާއި ދިމާލު އެކި ސަރަހައްދުތަކުގައި މަސް ވިއްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ކުޑަކުދިންގެ ޕާކާއި، ރޮޔަލް ޕްލަސް އާއި ދެމެދު ސަރަހައްދު ތަކުގެ ބިންމަތީ މަސް ބަހައްޓައިގެން ވިއްކާ ފަރާތްތަކާއި މެދު ފުލުހުން މެދުވެރިކޮށް ފިޔަވަޅު އަޅާނެކަމަށެވެ.

ކައުންސިލުން ބުނީ މަގުގެ އެއްފަރާތުގައި މަސް ބަހައްޓައިގެން ވިއްކުމަކީ މަސްގަންނަން ދާ ފަރާތްތަކާއި އަދި މަސްވިއްކަން ތިބޭ ފަރާތްތަކަށް އެންމެ ރައްކާތެރި ގޮތް ނޫންކަމަށެވެ. އަދި އެސަރަހައްދުގެ ޓްރެފިކް ހުންނަ ގޮތުން ނުރައްކާތެރި އެކްސިޑެންޓެއް ހިގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
10247399_10152004103335825_7478995941658483673_n

ކޮމްޕްރެހެންސިވް ސްކޫލުން ފެށިގެން ހިތަދޫ ކުޑަކުދިންގެ ޕާކް ހިމެނޭ ސަރަހައްދުގެ ލިންކް ރޯޑްގެ އެއްފަރާތުގައި މަސް ބަހައްޓައިގެން ވިއްކުމަކީ އާއްމުކަމެކެވެ.

އަދި އެގޮތަށް މަސްވިއްކާ ފަރާތްތަކުން މަސް ބޮލާއި، ކަރުގޮހުރު ފަދަ ތަކެތި އެހިސާބުގެ އެތަން އުކުމުގެ ސަބަބުން ކުނިވަސް ދުވާ އެހިސާބުގެ ސާފުތާހިރުކަން ގެއްލެމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.