Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ސައިކަލަކުން ވެއްޓި ދެ މީހަކަށް ހާނީއްކަވެއްޖެ

މަރަދޫ ކޮޅުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނެއް؛ ފޮޓޯ: ކިއުންތެރިއެއް

މަރަދު އާއި ހަންކެޑެ ގުޅޭ ހިސާބުގައި މީގެ ކުޑައިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކަށް ހާނިއްކަ ވެއްޖެއެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ހިތަދޫން މަރަދޫއަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހަންކެޑެ ފާލަމާއި ދިމާލުން ޕޭވްމަންޓްގައި ޖެހިގެންނެވެ. މިހާދިސާގައި ސައިކަލް ޕޭވްމަންޓްގައި ޖެހި ކޮންޓްރޯލް ނުވެ އެތަނުގެ ތިބި ގަސްތަކުގައިވެސް ވަނީ ޖެހިފައެވެ.

ފ3

މިހާދިސާ ހިނގި ވަގުތު ސައިކަލް ގައި ތިބި ދެ ޒުވާނުންވެސް ތިބީ ހެލްމަޓް އަޅައިގެންނެވެ. އެހެންވެ އެމީހުންގެ ބޮލަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. ނަމަވެސް އޭގެތެރެއިން އެކެއްގެ މޫނަށް ގެއްލުންވެ ކޮޑު ކަށިގަނޑަށް ގެއްލުން ވެފައިވާކަމަށް ހަބަރުލިބެއެވެ.

އެެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި "އައްޑޫލައިވް" ރިޕޯޓަރު ބުނީ އެކްސިޑެންޓާއި ގުޅިގެން ފަރުވާ ދެމުން ދަނީ، މަރަދޫ ފޭދޫ ދެ ޒުވާނަކަށް ކަމަށެވެ. ނަމަވެސް އެމީހުންގެ ފުރިހަމަ މައުލޫމާތު ނުލިބޭކަމަށެވެ.