Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ސ.ފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ރޭ 1:30 ހާއިރު އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް ކާރެއް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަހާލައިގެން ގޮސް ފާރެއްގަ ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން ނިޔާވީ ސ.ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހުމަދު އަލިދީދީ ،22، އެވެ.

މިރޭ ހިނގެ އެކްސިޑެންޓްގައި ނިޔާވި މަމްދޫން. ފޮޓޯ/ ކިޔުންތެރިއެއް
މިރޭ ހިނގެ އެކްސިޑެންޓްގައި ނިޔާވި މަމްދޫން. ފޮޓޯ/ ކިޔުންތެރިއެއް

މަމްދޫން ނިޔާވެފައި ވަނީ އެކްސިޑެންޓް ހިނގިތާ 4 ގަޑިއެއްހާއިރު ފަހުންނެވެ.

މި އެކްސިޑެންޓްގައި ޒަޚަމްވި ސ.ހިތަދޫ ފަސްމާ އަހުމަދު ސައްމާހު ،20، ގެ ހާލުވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭއިރު އޭނާ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ފޮނުވާލުމަށް ވަނީ ނިންމާފައެވެ.
އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު 'އައްޑުލައިވް' އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުކުރެވި ކަހާލައިގެން ގޮސް ފިހަރާ ކައިރީގައި ހުރި ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. ފާރުގައި ޖެހިފައި ސައިކަލްގައި ތިބި 2 ޒުވާނުން ވިއްސައިގެން ގޮސް ޖެހުނީ މަގު މެދުގައި ޖެހި 2 ޒުވާނުންގެ ތެރެއިން އެކަކުގެ ސިކުނޑިވެސް ފެންނަން އޮތް ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ރޭ ހިނގާފައިވާއިރު، މިދިޔަ ހަފްތާގައި ހިތަދޫގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އުމުރުން 17 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.