Last Updated: April 23, 17:09
Tuesday, April 23, 2024
ސިޔާސީ

އައިބީ މަޖްލިސް 20 މެމްބަރުންނާއި އެކު އައްޑޫއަށް!

ޕީޕީއެމް ފޭދޫ އޮފީސް ހުޅުވުމަށް ރައްޔިތުންގެ މަޖްލިސްގެ 20 މެމްބަރުންނާއި އެކު ފޭދޫ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޕީޕީއެމް ފޭދޫ އޮފީހުން ބުނެފިއެވެ.

ފޭދޫ އޮފީހުން ނެރުނު ހާއްސަ ދައުވަތެއްގައި ބުނެފައިވަނީ މިއަދު މެންދުރު 3:00 ޖަހާއިރު މެމްބަރު އައިބީ އާއި މަޖްލިސް އެހެން މެމްބަރުންނަށް މަރުހަބާ ދެންނެވުމަށް ގަމުގެ ވައިގެ ބަނދަރަށް ދިއުމަށް ދަތުރު ހަމަޖެހިފައިވާ ކަމަށެވެ. ޕިކަޕް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ފޭދޫ ޕީޕީއެމް އޮފީހުގެ ކުރިމަތިންނެވެ.

ފޭދޫ ޕީޕީއެމް އޮފީހަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ އިރު އޮފީސް މަރާމާތު ކުރުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެމްބަރު އައިބީއެވެ.