Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

" ނާޒިމުގެ މައްސަލާގައި އެންމެ ބޮޑު ޒިންމާއެއް ނަގަންވާނީ ހުސެން ވަހީދު "

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙަމައްދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލުޙުކުމެއް ކުރެވިގެން ދިޔަ މައްސަލައިގެ އެންމެ ބޮޑު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޙުސައިން ވަޙީދު ކަމަށް ކުރީގެ ސީޕީ ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަދައްކަވަމުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރ ރިޔާޒު ވިދާޅުވި ގޮތުގައި ނާޒިމާމެދު އެގޮތަށް ކަންކަން ވެގެންދިޔައީ ފްރޭމްކޮށްގެން ކަމަށެވެ. އެކަމުގެ ޒިންމާ މިހާރުގެ ސީޕީ ނަންގަވަންޖެހޭ ސަބަބުގެ ތަފްސީލެއް ރިޔާޒު ނުދެއްވައެވެ.

ރިޔާޒު ވިދާޅުވީ އޭނާ ސީޕީއަކަށް ހުންނެވި އިރު ދުވަހަކުވެސް ފުލުހުންގެ މައްޗަށް ޤާނޫނޫ ޚިލާފު އަމުރެއް ނުކުރައްވާ ކަމުގެ ހިތްހަމަޖެހުން މިއަދު އެބައޮތް ކަމަށާއި ނަަމަވެސް އެފަަދަ އަމުރެއް ފުލުހުންގެ މައްޗަށް ނުކުރާ ކަމުގެ ޔަޤީން ކަމެއް މިހާރުގެ ސީޕީއަށް ނޯންނާނެ ކަމަށެވެ.