Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތަދޫ ފުޓްސަލް ދަނޑު ވެސް ހުޅުވައިފި

އައްޑޫގައި އެޅި ފުޓްސަލް ދަނޑުތަކުގެ ތެރެއިން ސ. ހިތަދޫގައި އެޅި ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ދަނޑު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ދަނޑު ހުޅުވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

އެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ވެސް ބައިވެރިވެވަޑައިގަތެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހް ވިދާޅުވީ އައްޑޫގެ ފަސް އަވަށެއްގައި ޔޫތު މިނިސްޓްރީން ގާއިމުކޮށް ދިން ފުޓްސަލް ދަނޑުތަކަކީ އައްޑޫގެ ޒުވާނުންނަށާއި ސްކޫލްތަކަށް މުހިއްމު ވަަސީލަތަކަށް ވެގެން ދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

ހިތަދޫ ފުޓްސަލް ދަނޑު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލާއި ނޫރާނީ ސްކޫލުން އައިޓަމްތަކެއް ވެސް ހުށަހަޅައި ދިނެވެ.