Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

ދީޕިކާ ބޭނުންވަނީ ގިނަ ދަރިންތަކެއް ހޯދަން

ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ކުރާނީ ކޮން ކަމެއްތޯ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެމުން އެންމެ ބޭނުމީ ހަރުދަނާ ކައިވެންޏެއް ކޮށްގެން ގިނަ ދަރިންތަކެއް ހޯދުން ކަމަށް ބޮލީވުޑްގެ އެންމެ ނަންހިނގާ އެއް އެކްޓްރެސް ދީޕިކާ ޕަދުކޯން ބުނެފިއެވެ.

"އަހަރެން އަދިވެސް ފެންނާނީ މަސައްކަތުގައި. އަދި އަމިއްލަ ކަންކަމުގައި ކުރީ ސަފުގައި އަހަރެން އުންމީދު ކުރަނީ އުފާވެރި ހަމަޖެހޭ ކައިވެންޏެއް. އެއީ މިހާރަކަށް އައިސް ވަރަށް މަދުން ވާ ކަމެއް،" ބޮލީވުޑް ފިލްމް ފެއާއަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުންޏެވެ.

"އަހަންނަށް ފެންނަނީ ބައިވަރު ކުދިންތަކެއް ލިބިގެން އުޅޭތަން. އަހަރެން ވަރަށް ކުޑަކުދިން ދެކެ ލޯބިވޭ."

ކުރިޔަށް އޮތް 10 އަހަރު ދިރިއުޅުން ބިނާކުރާނެ ގޮތަކާ މެދު ހިޔާލުކުރާ ގޮތް ފޭނުންނާ ހަމައަށް ތިލަކޮށްލަދިން އިރު މިހާރު ވެސް އޭނާގެ ދިރިއުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޭނާއަކީ އުފާވެރި މީހެއް ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

"އަހަރެންގެ ދިރިއުޅުން މިދަނީ ވަރަށް ރަނގަޅު ދިމާއަކަށް. އަހަރެން މިހުންނަނީ ވަރަށް އުފާވެފަ. މިފަހުން އަހަންނަށް ދިމާވި ކަންކަމާ މެދު ވަރަށް ހިތްހަމަޖެހޭ. ފިލްމީ ދާއިރާގައި ވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް،" ދީޕިކާ ބުންޏެވެ.

ދިޕިކާ އެންމެ ފަހުން ރައްޓެހިވެގެން އުޅުނީ ރަންބީރު ކަޕޫރާ އެވެ. ނަމަވެސް ފަހުން ރަންބީރު ވަނީ ދީޕިކާއާ ރުޅިވުމަށް ފަހު ކެޓްރީނާ ކައިފްއާ ރައްޓެހިވެފަ އެވެ. އެއަށް ފަހު ދީޕިކާ ރައްޓެހިވީ ރަންވީރު ސިންހާ ކަމަށް އަޑުފެތުރިފައިވެ އެވެ.