Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

އައްޑޫ ވިޔަފާރިވެރިންނަށް މައުލޫމަތު ދޭން އެންސްޕާ އިން ދެކޮޅުހަދައިފި

ކަރަންޓުގެ މައްސަލައިގައި އައްޑޫ ރައްޔިތުން ކުރި މުޒާހަރާއެއްގެ ތެރެއިން.

ކަރަންޓުގެ މައްސަލައިގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިން މައުލޫމާތު ހޯދުމަށް އެދުމުން އައްޑޫ އަށް ކަރަންޓު ދިނުމަށް ޚަރަދުވި މިންވަރުގެ ހިސާބު ބެލެހެއްޓިފައި ނެތް ކަމަށް ބުނެ މައުލޫމާތު ދޭން އެންސްޕާ އިން ދެކޮޅު ހަދައިފިއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި 'މައުލޫމާތު ހޯދައި ލިބުމުގެ ގާނޫނު' ގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން މައުލޫމަތު ހޯދުމަށް އެދޭ ގިނަ އަދަދެއްގެ ފޯމްތަކެއް އައްޑޫގެ ވިޔަފާރިވެރިން މިއަދު އެންސްޕާ އަށް ހުށަހެޅި ނަމަވެސް އެ ފޯމްތައް އެންސްޕާއިން ވަނީ ބަލައި ނުގެންފައެވެ.

" އެބޭފުޅުން ވިދާޅުވީ އައްޑޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ޚަރަދު ކުރެވުނު ހިސާބު ބެލެހެއްޓިފައި ނެތް ކަމަށް " ، ފޯމުތައް ހުށަހެޅުމަށް މިއަދު އެންސްޕާއަށް ދިޔަ ވިޔަފާރިވެރިއަކު ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ، ދައުލަތުގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބާދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބިދެވޭ ދާއިރާ އެކަށައަޅައި ދައުލަތުގެ އިދާރާތަކުން ބަލަހައްޓާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

މި ގާނޫނުތަކުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެކަށައެޅުމާއި ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތު ވީހާ ވެސް ފުޅާ ދާއިރާއެއްގައި ޝާއިއުކުރުމަށް ހިތްވަރު ދިނުން ހިމެނެ އެވެ