Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

2011 ވަނަ އަހަރު ކަރަންޓު ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރަން މަސައްކަތްކުރަނީ: ފޮޓޯ /ޝަރަފް

އައްޑޫ ސިޓީ އަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ފެނަކަ ކޯޕަރޭޝަނުގެ އިންޖީނުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށް ތަކުގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑައިގެން ދިޔަތާ 2 ގަޑި އިރަށް ވުރެ ގިނަ އިރު ވަފައިވާއިރު އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް ގުޅާލުމުން އެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވެއެވެ.

އައްޑޫގެ ވިޔަފާރިވެރިން ބުނާގޮތުގައި އެމީހުން ނަކަ ކޯޕަރޭޝަނުގެ ފަރާތުން އައްޑޫގައި އިސްކޮށް ހުންނަވާ އަބްދުﷲ ޒުހައިރު އާއި ބައްދަލުކޮށް ކަރަންޓުގެ މައްސަލައިގައި ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށް އެދުމުން އެ މައުލޫމާތު ދޭން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.

" އަޅުގަނޑުމެން ވެގެން އުޅޭ ގޮތެއް އެހީމަ ޒުހައިރު ބޭނުމެއް ނުވޭ ކިޔައިދޭކަށް. ދެން އިސްތިއުފާ ދޭންވީ ނޫންހޭ ބުނީމަ ބުނެފި މިއީ ތިބޭފުޅުންގެ ވަޒީފާއެއް ނޫނޭ." އައްޑޫގެ ވިޔަފާރިވެރިއަކު ބުންޏެވެ.

މިއަދު ހެނދުނުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑެމުން ދާތީ އެކަމާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް އަށް ގުޅުމުން އެބޭފުޅާ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. މީގެ އިތުރުން އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރ ދީނާ މުހައްމަދު އަށް ވެސް ގުޅަން ކުރި މަސައްކަތް އެބޭފުޅާ ފޯނު ނުނަނަންގަވާތީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ކުންފުންޏާބެހޭ ޤާނޫނު 95 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދި ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ ވިޔަފާރި ކުރާ ތަންތަނަށް ފޮނުވި މާރިޗް މަހުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އައްޑޫގެ އެމްޑީޕީގެ ތިން މެންބަރުން ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މައްސަލަ ހުށަހެޅި ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދުގެ ވޯޓާއި އެކު ސަރުކާރު ކޯލިޝަންގެ ފަރާތުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.