Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އައްޑޫގެ ބޮޑު ބައެއްގައި ކަރަންޓެއް ނެތް! ޒިއްމާވާނެ ވެރިއެއް ނެތް! ފެނަކަ އޮފީހުގައި ފުލުހުން!

(އަބްދުﷲ ޒުހައިރު (އަބްހަރީ

އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އެކަމަށް ޖަވާބެއް ހޯދުމަށް ވިޔަފާރިވެރިން މަސައްކަތް ކުރަމުންދާއިރު، މިވަގުތުވެސް އައްޑޫގެ ބޮޑު ސަރަހައްދެއްގައި ކަރަންޓެއް ނެތެވެ.

ވިޔަފާރިވެރިން މިއަދު މެންދުރު 2 ޖެހި އިރު އާރްއޭފްގައި ހުންނަ މަރުކަޒީ އިންޖީނުގެއަށް ދިއުމުން އެތަން ހިންގަން އެންމެ އިސްކޮށް ހުންނެވި ރީޖަނަލް ޑައިރެކްޓަރ އަބްދުﷲ ޒުހައިރު (އަބްހަރީ ޒުހައިރު) ޕޮލިހަށް ގުޅައިގެން ޕޮލިހުން ވަނީ ފެނަކަ ކޯޕަރޭޝަނަށް ގޮސްފައެވެ.

އާރްއޭފް އިންޖީނުގޭގައި ހުރި އައްޑޫ ވިޔަފާރިވެރިއަކު ބުނީ 2 ޖަހާއިރަށް އެޕޮއިންޓްމެންޓް ދީގެން ބައްދަލު ކުރަން ދިއުމުން ޕޮލިހުންނަށް ގުޅައިގެން ގެނެސްފައިވާ ކަމަށެވެ. އަދި ފުލުހުން ވަނީ ހުއްދަ ނެތި ފެނަކަ ކޯޕަރޭޝަންގެ އޮފީހަށް ވަދެ ތިބި މީހުން ބޭރު ކުރަން މަސައްކަތް ކޮށްފައެވެ.

އައްޑޫގެ ކަރަންޓް މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ އިރު މިކަމުގައި ޒިއްމާ ނަގާނެ ފަރާތެއް ނެތެވެ. ޒުހައިރު ވިދާޅުވީ، ކަރަންޓް ބިލް ކުޑަކޮށްދޭން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި، އޭނާގެ ޒިއްމާއަކީ މާލެއިން އަންގާ އަމުރު ތަންފީޒު ކުރުން ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން އައްޑޫގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑަމުންދަނީ ކަރަންޓްދޭން ބޭނުން ކުރަމުންދާ ދެ ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން ލޯޑް ނުހިފެހެއްޓިގެންނެވެ. ނަމަވެސް އެކަން ރަސްމީ ސިފައެއްގައި ފެނަކަ އިން ހާމަކޮށްފައި ނުވެއެވެ.

ކަރަންޓް މައްސަލަ އާއ ގުޅިގެން އައްޑޫ ފެނަކައިން ޖަވާބެއް ނުދޭއިރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް އާއި ޑެޕއިއުޓީ ޑިރެކްޓަރ ދީނާ މުހައްމަދުވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ. އެހެން ކަމުން މިކަމާއި ގުޅޭ ރަސްމީ ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.