Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އައްޑޫ އާއި ފުވައްމުލަކުން ރަނގަޅު ފާއިދާއެއް ލިބޭ: ފެނަކަ

އައްޑޫ ރައްޔިތުން ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް މުޒާހަރާކުރަނީ.

އައްޑޫ ސިޓީ އާއި ފުވައްމުލަކުން ރަނގަޅު ފާއިދާއެއް ލިބޭ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖަރު އަހުމަދު ނަޖާހް ވިދާޅުވެއްޖެއެވެ.

" ޑިމާންޑް ކުޑަ ބައެއް ރަށްރަށަކީ ހަމަ ހަގީގަތުގައި ވެސް ގެއްލުމާއެކު ހިދުމަތް ދޭ ތަންތަން. އެކަަމަކު އައްޑޫ ފުވައްމުލައް ތަންތަނަކީ ހަމަ ގާތްގަނޑަކަށް ހަމަ ލިބޭ އެއްޗަކަށް ބަލާއިރު ރަނގަޅު އެއްޗެއް ލިބޭ ތަންތަން" ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޖާހު ވިދާޅުވިއެވެ.

ނަޖާހު މިގޮތަށް ވިދާޅުވެފައިވާއިރު ފެނަކަ ކޯޕަރޭޝަނުގެ އައްޑޫ އޮފީހުގެ އިސް ބޭފުޅުން ތަކުރާރުކޮށް ބުނަމުންދަނީ އެކުންފުނިން އައްޑޫ އިންޖީނުގެ ހިންގަމުންދަނީ ގެއްލުމާއި އެކުގައި ކަމަށެވެ.

ނަމަވެސް ރޭގެ ޕްރޮގްރާމްގައި އައްޑޫގެ ވިޔަފާރިވެރިންގެ ކަރަންޓު ބިލްތައް މާރިޗް މަހު ބޮޑުވެގެން ދިޔައީ ކީއްވެގެން ކަމެއް ފެނަކައިގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.