Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޝެއިޚް އިލްޔާސްގެ ހުއްދަ ބާތިލް ކުރުމަށް ގޮވާލައިފި

ދިވެހިންގެ ގިނަ ބައެއްގެ މަޤުބޫލްކަން ލިބިފައިވާ ޝެއިޚް އިލްޔާސް ހުސައިން އަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލް ކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ ކައުންސިލް މެންބަރު އަހްމަދް ސިއްދީޤް ގޮވާލައިފިއެވެ.

"ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނުގެ ތެރެއިން، އިލްޔާސް ހުސައިންގެ ހުއްދަ ބާތިލް ކުރުމަށް ގޮވާލަން " ،އަޙްމަދު ސިއްދީޤް މިއަދު ކުރި ޓްވީޓެއްގައި ވެއެވެ.
11091145_10152874512869150_918219866_n (1)
ސަރުކާރު ހިންގާ ޕާޓީގެ ކައުންސިލް މެންބަރަކު މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު ސަރުކާރަށް ތާއިދު ކުރާ ބައެއް މީހުން ސޯޝަލް މީޑިޔާގައި ޝެއިޚް އިލްޔާސް އަށް ތަފާތު އިންޒާރުތައް ދެމުންދާ ކަން ފާހަގަކޮށްލެވެއެވެ.

"ޚާއިނުންނާ ދިމާލަށް ބުނަނީ މިއީ ޚާލިދު ބުން ވަލީދޭ. އަޅުގަނޑުމެން އުޅޭ ގޮތަށް އުޅޭ މީހަކަށް އެލަގަބް ދެވޭނެތޯ؟ އެއްވެސް ކަހަލަ ގާބިލްކަމެއް ނެތް އާދައިގެ އަޅުގަނޑުމެންގެ މުޖުތަމައުގައި އެއްމެންވެސް ގަބޫލުކުރާފަދަ އާދައިގެ މީހެކޭ. ނަމަވެސް އޭނައަކީ އުޑުގެ މަލާއިކަތަކަށް ހަދައިގެން ކަންތައްތައް ކުރިއަށް ގެންދިއުން. އޭގެ އެއް އަލާމާތަކީ އާދައިގެ ޚިޔާނާތްތެރި މީހުންނަށް އަޅުގަނޑުމެން ލަގަބު ދެނީ މީ ޚާލިދު ބުނި ވަލީދޭ." އަދާލަތު ޕާޓީ ފަރާތުން އިންތިޒާމުކޮށްގެން ރޭ މާލޭގައި "ކައިރިވެއްޖެ" މި ނަމުގައި ބޭއްވި ދަރުސް ގައި ވާހަކަދައްކަވަމުން ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް އަށް ޕީޕީއެމްގެ މެންބަރުން ތަފާތު އިންޒާރު ދެމުން ދާއިރު މީގެ ދުވަސްކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު އަކީ ޚާލިދް ބުން ވަލީދު ފަދަ ބޭފުޅެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޤިޔާމަތް ދުވަހުގެ ވާހަކައަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދިޔަ މިދަރުސް އަޑުއަހަން ވަރަށް ގިނަ އަދަދެއްގެ މީހުން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.