Last Updated: April 19, 22:45
Friday, April 19, 2024
ސިޔާސީ

ކާނަލް ނާޒިމްގެ އިސްތިއުނާފު ފޯމް އިސްލާހު ކުރުމަށް އަންގައިފި

ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމަކަށް ނާޒިމް ކޯޓަށް ވަދެވަޑައިގަންނަވަނީ. ފޮޓޯ: ވީނިއުސް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ ވަކީލުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ފޯމް އިސްލާޙުކުރުމަށް ހައިކޯޓުން އަންގައިފިއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެ ފޯމްގައިވާ މައުލޫމާތު އިސްލާހުކުރުމަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ހައިކޯޓު ރަޖިސްޓްރާ ވަނީ އަންގާފައެވެ.

ނާޒިމްގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި އިރުވެސް ކްރިމިނަލް ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި އެ ރިޕޯޓް ނާޒިމްގެ ވަކީލުންނަށް ލިބިފައިވަނީ އިސްތިއުނާފުގެ މައްސަލަ ހުށަހެޅި ފަހުންނެވެ.

ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒުކުރަމުންދާއިރު ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާ އަކަށް ސިންގަޕޫރުގައެވެ.