Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ޒޭން މާލިކް ފިލްމު ކުޅެން ފަށަނީ

ޒޭން މާލިކް. ފޮޓޯ: ގްލެމާ މެގަޒިން ޔޫކޭ

މަޝްހޫރުކަން ބޭނުން ނުވާ ކަމަށް ބުނެ އިނގިރޭސި ބޯއި ބޭންޑް ވަން ޑިރެކްޝަނުން ވަކިވި ލަވަކިޔުންތެރިޔާ ޒޭން މާލިކް ހިމަނައިގެން ފިލްމެއް ހަދަން އުއްމީދު ކުރާކަމުގައި އިންޑިޔާއަށް އުފަން އިނގިރޭސި ފިލްމު އުފެއްދުންތެރިޔާ ގުރިންދަ ޗަދާ ބުނެފި އެވެ.

"އަހަރުމެން ބައްދަލުވެ ވާހަކަ ދައްކައިފިން. ޒޭން ފުރަތަމަ އެކްޓަރަކަށް ވާން ތަމްރީން ހެދީ. އޭގެފަހުން އޭނާ ބޭންޑާ ގުޅުނީ. އެހެންވީމަ އަހަރެންނަށް ހީވަނީ އޭނާ އެންމެ ހިތް އެދޭ މަސައްކަތް ކުރާނެހެން،" ގުރިންދަ ބުންޏެވެ.

"ޒޭން އަށް ވަކި ރޯލެއް އަދި އަހަރެންގެ ސިކުނޑިއަކު ނެތް. އެކަމަކު އުއްމީދު ކުރަނީ ކުރިމަގުގައި އޭނާ ހިމަނައިގެން ފިލްމެއް ހެދޭނެ ކަމަށް،" ދާދިފަހުން ނިމިގެންދިޔަ ޒޭން ވެސް ބައިވެރިވި ދަ އޭޝިއަން އެވޯޑްސްގައި މީޑިޔާ އާއި ވާހަކަ ދައްކަމުން ގުރިންދަ ބުނެފައިވެ އެވެ.

"ބެންޑް އިޓް ލައިކް ބެކަމް" ޑައިރެކްޓް ކޮށްފައިވާ ގުރިންދަ އާއި ޒޭންގެ މަޝްވަރާތައް ފެށިފައިފައި މިވަނީ ޒޭންގެ ރައްޓެހި އުމުރުން 24 އަހަރުގެ އެޑް ޝީރަން ބޮލީވުޑް ފިލްމެއް ކުޅެން އެއްބަސްވިތާ މާގިނަ ދުވަސް ތަކެއް ނުވަނީސް ކަން ފާހަގަކޮށްލެވެއެވެ.

ވަން ޑިރެކްޝަނުން ވަކިވުމުގެ ކުރިން ޒޭން މާލިކް ބުނެފައިވަނީ އޭނާ ބޭންޑުން ވަކިވަނީ 22 އަހަރުގެ އާދައިގެ މީހެއްހެން އުޅެން ބޭނުންވާތީ ކަމަށެވެ.