Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

އައްޑޫ ސިޓީގެ 2 ކައުންސިލަރަކު ޕީޕީއެމް އަށް ސޮއިކުރަނީ !

އައްޑޫ ސިޓީ ކައުންސިލްގެ 2 ކައުންސިލަރަކު ޕީޕީއެމްއަށް ސޮއިކުރުމަށް ނިންމާފައިވާކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 2 ކައުންސިލަރަކު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ބެހޭގޮތުން 'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިގޮތުގައި ވަރަށް އަވަހަށް ޕީޕީއެމް އަށް 2 ކައުންސިލަރަކު ސޮއި ކުރައްވާނެ ކަމަށާއި އަދި ލަސްނުވެ އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ސަރުކާރުން ހޯދާނެ ކަމަށެވެ.

" އެއީ ތެދެއް 2 ކައުންސިލަރަކު ސޮއިކުރާނެ. ނަން މިވަގުތު ހާމަކުރެވޭކަށް ނެތް. ނަމަވެސް ބުނެލަން ބޭނުމީ ވަރަށް އަވަހަށް އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ސަރުކާރުން ހޯދާނެއޭ "، އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފިޝަލް މިގޮތަށް ވިދާޅުވެފައިވާއިރު ދާދި ފަހުން އައްޑޫގައި ފުޓްސަލް ދަނޑުތައް ހުޅުވުމަށް ސަރުކާރުގެ ވަފުދުތައް އައްޑޫ އަށް ވަޑައިގެން އުޅުއްވި ދުވަސްވަރު ބައެއް ކައުންސިލަރުން ޓޫރިޒަމް މިނިސްޓަރ އަދީބް އާއި އެކު އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 6 ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނެވެ.