Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

އެފްސީ ރެސްޕެކްޓުގެ ފަރާތުން ފުޓްސަލް މުބާރާތެއް !

އެފްސީ ރެސްޕެކްޓުގެ ފަރާތުން ބޭއްވި ހަފްލާއެއްގެ ތެރެއިން. ފޮޓޯ: ޝަރަފް

އައްޑޫގެ ޒުވާނުންތަކެއް ހިންގާ ޖަމިއްޔާ އެއް ކަމަށްވާ އެފްސީ ރެސްޕެކްޓުގެ ފަރާތުން “ރެސްޕެކްޓް ފުޓްސަލް ޗެލެންޖް 2015″ ގެ ނަމުގައި މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެފްސީ ރެސްޕެކްޓުގެ ފަރާތުން ވާހަކަ ދެއްކި މުޙައްމަދު އަލްތާފް (އަލްޓީ) ބުނިގޮތުގައި އަންނަ މަހުގެ 25 ގައި ފަށާ މި މުބާރާތަކީ އައްޑޫގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ޕްރައިވެޓް ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ މުބާރާތެއް ކަމަށެވެ.

" މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގެ އޮފީހުން ލިބޭނެ. ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10. އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ޒުވާނުން މި މުބާރާތުގައި ބައިވެރިވުން " އަލްޓީ ބުންޏެވެ.

އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތޫ ބޭނުންވާ ފަރާތްތަކުން އެ މުބާރާތް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުސެއިން މަމްދޫހް(މަންދާ) 7794991 އަދި މުހައްމަދު އަލްތާފް (އަލްޓީ) 7775661 އަށް ގުޅައިގެން ލިބޭނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.