Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

"ލީގު ތަށި ލިބެންދެން މަޑުކޮށްގެން 10 އަހަރު ތިބެންޖެހުމަކީ މާފޫހި ކަމެއް"

ޗެލްސީ އަކީ ފޫހި ޓީމެއް ކަމަށް ބުނެ، އާސެނަލްގެ ސަޕޯޓަރުންނަށް ހަޅޭއްލެވުމުން އެކަމުގެ ރައްދުގައި، ލީގު ތަށި ލިބެންދެން މަޑުކޮށްގެން 10 އަހަރު ތިބެންޖެހުމަކީ މާފޫހި ކަމެއް ކަމަށް ބުނެ އާސެނަލްގެ ސަޕޯޓަރުންނަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ވަރުގަދަ ރައްދެއް ދީފިއެވެ.

ރޭގެ މެޗަށްފަހު އާސެނަލްގެ ސަޕޯޓަރުން “ބޯރިންގް ޗެލްސީ” މިހެން ކިޔާ ވަނީ ޗެލްސީގެ ކުޅުންތެރިންނާ ދިމާލަށް ހަޅޭއްލަވާފައިވާއިރު ފޫހިކަމަށް ބުނާ ޓީމަކީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ދެވަނައަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ޓީމުކަން ވެސް މޮރީނިއޯ ވަނީ ފާހަގަކޮށްފައެވެ.

“އަހަންނަށް ހީވަނީ މޮޅެތި ޓީމުތަކަށްހެން ލީގުގެ ފުރަތަމަ ދުވަހުން ފެށިގެން ލީގުގެ އެއްވަނައިގައި ތިބެވޭނީ ވެސް” މޮރީނިއޯ ބުންޏެވެ.

އާސެނަލްއާ ދެކޮޅަށް ރޭ ޗެލްސީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެޓީމާ އާސެނަލްއާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައިނެވެ. އަދި ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެނަމަ، އެޓީމަށް ޕްރިމިއަރ ލީގު ލިބޭނެއެވެ.