Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

މޭ މަހު ރައީސް ނަޝީދު އަނބުރާ ގެއަށް ގެންނާނަން : އަލީ ވަހީދު

ޓެރެރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރަށް ޖަލަށްލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޤާނޫނީ އިމުގެ ތެރެއިން މި ފެށޭ މޭމަހުގެ ތެރޭގައި އަނބުރާ ގެއަށް ގެންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"އަނިޔާވެރިކަން ނިންމަން"ގެ ނަމުގައި ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި އަލީ ވަހީދު ވަނީ ރާއްޖޭގެ ޑިމޮކްރެސީ އަލުން ގާއިމްކޮށް އަނިޔާވެރިކަން ނައްތާލާ ރައީސް ނަޝީދު މިނިވަން ކުރުމަށް އެއްވެސް ރައްޔިތަކު ޖެހިލުނުވުމަށާއި މޭ 01 ވަނަ ދުވަހަށް މާލެ އެރުމަށް ގޮވާލައްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ ލައްކަ ދުވަހު ރީތި އުސޫލުން ކެތްތެރިކަމާއި އެކު މަޝްވަރާގެ އުސޫލުން ކަންތައްތައް ކުރެވިއްޖެ ކަމަށާއި 27 ފެބްރުއަރީގައި ކުރިއަށް ގެންދިޔަ ބިޔަ ބޮޑު އެއްވުން ސުލްހަ ވެރިކަމާއި އެކު ނިންމާލީ އިސްލާމް ދީނުގެ ރިވެތި އުސޫލުން ކަންކުރަން އަންގާފައި ވާތީ ކަމަށާއި އެދުވަހު ދެއްކީ ރިވެތި އުސޫލް ކަމަށެވެ. ނަމަވެސް މޭޑޭ އަށް ފަހު އެ ފުރުސަތު ދެން ނުދެއްވާނެ ކަމަށާއި އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބޭނުންވެގެން އިދިކޮޅު ފަރާތްތަކުން ނޫޅޭ ކަމަށާއި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެންދެން ވެރިކަން ކުރައްވަމުން ގެންދަވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންޖެހޭނީ ރައްޔިތުންނަށް އަނިޔާނުކޮށް ކަމަށާާއި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކޮށްގެން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.